ރޭގެ މެޗުގައި ކްރޮއޭޝިއާއިން ގޯލް ޖަހަނީ
ރޭގެ މެޗުގައި ކްރޮއޭޝިއާއިން ގޯލް ޖަހަނީ
ޔޫރޯ 2020 ގެ ގްރޫޕް ޑީ އިން އިންގްލޭންޑާއި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.

ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައި ރާއްޖެ ގަޑިން 00:00 ގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ އިނގިރޭސިން ކުރިހޯދީ 0-1 ގެ ނަތީޖާއަކުން ނެވެ. އިންގްލޭންޑަށް ރޭގެ މެޗުގައި އެޓީމްގެ ހަމައެކަނި ލަނޑު 12 ވަނަ މިނެޓްގައި ޖަހައިދިނީ ރަހީމް ސްޓާލިން އެވެ.

ރޭ ގްލެސްގޯވގެ ހަމްޕޑެން ޕާކްގައި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ސްކޮޓްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކުރި ކްރޮއޭޝިއާ އެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ލަނޑު ކާމިޔާބުކުރީ ވްލަސިޗް އެވެ. ނަމަވެސް ފުރަތަމަ 45 މިނިޓް ނިމުމުގެ ކުރީން ސްކޮޓްލޭންޑްގެ މެކް ގްރެގާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ދެވަނަ ގޯލް މެޗްގެ 62 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ލޫކާ މޮޑްރިޗެވެ. މެޗްގެ 77 ވަނަ މިނިޓްގައި ޕެރިސިވިޗް ޖަހައިދިން ލަނޑުން ކްރޮއޭޝިއާގެ ލީޑް އިތުރަށް ފުޅާކުރިއެވެ.

މި ގްރޫޕުން އެއްވަނަ މަޤާމު ހޯދައިގެން އިންގްލޭންޑް ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކްރޮއޭޝިއާ އާއި ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ވެސް (ކޮންމެ ޓީކަމަށް) ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ ކްރޮއޭޝިއާ އަށެވެ. ޗެކް ރިޕަބްލިކް ދެވަނަބުރަށް ދިޔައީ ތިންވަނައަށް އައި ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން