މޭ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 384 ގެޔަކަށް 1.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ނިންމައިފިއެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ޖުމުލަ 21 ރަށަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، އޭގެތެރެއިން ބޯހިޔާވަހިކަމަށާއި ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުން ލިބުނީ އަށް ރަށަކަށް ކަމަށެވެ. ބާކީ 13 ރަށަކީ ދަނޑުބިންތަކަށާއި އާންމު ހިދުމަތް ދޭ އިމާރާތް އަދި އޮޑިހަރުގެ ފަދަ ތަންތަނަށް ގެއްލުން ވެގެން ރިޕޯޓްކުރި ރަށްތައް ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނީ, ގެއްލުން ލިބުނު 562 ގެއެއްގެ އެސެސްމަންޓް ހެދި ކަމަށާއި، ނަމަވެސް ގެއްލުންވެފައިވާކަމަށް އެސެސްމަންޓުން ދައްކަނީ 384 ގެއަކަށް ކަމަށެވެ. އެގޮތުން އެ ގެތަކުގައި ހިފައި ގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމުލަ 3.97 މިލިއަން ރުފިޔާއަށް އަރާއިރު, ގޭގެ އިމާރާތަށް ލިބުނު ގެއްލުމަށް ޖުމުލަ 642،849 ރުފިޔާ އަރާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެއީ ޖުމުލަ 4.6 މިލިއަން ރުފިޔާއެވެ.
ނަމަވެސް އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައި ވަނީ 1.4 މިލިއަން ރުފިޔާ އެވެ. އެއީ ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް 794،015 ރުފިޔާއާއި ގޭގެ އިމާރާތަށް ލިބުނު ގެއްލުމަށް 642،849 ރުފިޔާ އެވެ. އަދި އެއީ ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުންވި 8 ރަށެއްގެ 384 ގެޔަކަށް ފޯރުކޮށްދިނުމަށް ނިންމި ޢަދަދުކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ މޭ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ގޭބިސީ ފެންވަރުގައި ބޯހިޔާވަހިކަމަށާއި، ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުންވި 8 ރަށެއްގެ 384 ގެޔަކަށް 1.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދުނު އެސެސްމަންޓުން ވަނީ ނިންމިފައި. އިތުރު މަޢުލޫމާތު ⬇️ pic.twitter.com/YVUfKOrRoG
— NDMA Maldives (@NDMAmv) June 23, 2021
އެންޑީއެމްއޭއިން ބުނީ, ގެއްލުން ލިބުނު 562 ގެއެއްގެ އެސެސްމަންޓް ހެދި ކަމަށާއި، ނަމަވެސް ގެއްލުންވެފައިވާކަމަށް އެސެސްމަންޓުން ދައްކަނީ 384 ގެއަކަށް ކަމަށެވެ. އެގޮތުން އެ ގެތަކުގައި ހިފައި ގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމުލަ 3.97 މިލިއަން ރުފިޔާއަށް އަރާއިރު, ގޭގެ އިމާރާތަށް ލިބުނު ގެއްލުމަށް ޖުމުލަ 642،849 ރުފިޔާ އަރާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެއީ ޖުމުލަ 4.6 މިލިއަން ރުފިޔާއެވެ.
ނަމަވެސް އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައި ވަނީ 1.4 މިލިއަން ރުފިޔާ އެވެ. އެއީ ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް 794،015 ރުފިޔާއާއި ގޭގެ އިމާރާތަށް ލިބުނު ގެއްލުމަށް 642،849 ރުފިޔާ އެވެ. އަދި އެއީ ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުންވި 8 ރަށެއްގެ 384 ގެޔަކަށް ފޯރުކޮށްދިނުމަށް ނިންމި ޢަދަދުކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު