ރޭގެ މެޗުގައި ޕޮލެންޑްގެ ރޮބަރޓް ލެވަންޑޯސްކީ (މ)
ރޭގެ މެޗުގައި ޕޮލެންޑްގެ ރޮބަރޓް ލެވަންޑޯސްކީ (މ)
ޔޫރޯ 2020 ގެ ގްރޫޕް އީ އިން ސްވިޑެން އާއި ސްޕެއިން ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗްތަކަށްފަހު ސްޕެއިން ދެވަނަ ބުރަށް ކޮލިފައިވީ މާލޭގަޑިން 21:00 ގައި ސްޕޭންގެ "އިސްޓޭޑިއޯ ލާ ކަރްތޫޖާ ޑި ސެވިލާ"ގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށްގެންނެވެ. މި މެޗުގައި ސްޕެއިންގެ ލަނޑުތައް ޖަހައިދިނީ ޕަބްލޯ ސަރާބިއާ، އެމެރިކް ލަޕޯޓް އަދި ފެރާން ޓޮރޭޒްއެވެ. ސްޕެއިންގެ ބާކީ ދެ ލަނޑަކީ ސްލޮވާކިއާގެ ކީޕަރު މާޓިން ޑުބްރާވްކާ އަދި އެ ޓީމުގެ ކޫކާ އަތުން ބައިކޮޅަށް ވަން ދެ ލަނޑެކެވެ.

މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑެން ކޮލިފައިވީ ރަޝިޔާގެ ސެއިންޓް ޕީޓަރސްބާރގް ގައި 3-2 އިން ޕޮލެންޑް ބަލިކޮށްގެންނެވެ. މެޗުގައި ސްވިޑެންގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ އެމިލް ފޯރސްބާގްއެވެ. ދެވަނަ ހާފްގައި ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ ދެ ލަނޑުޖަހައި ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނިކޮށް ސްވިޑެންއަށް ގްރޫޕްގެ އެއްވަނަ ކަށަވަރުވީ ވިކްޓަރ ކްލާސެން އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިން ލަނޑުންނެވެ.

މި ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު ސްވިޑެން އޮތްއިރު އެޓީމާއެކު ދެވަނަ ބުރަށް ދިޔައީ ފަސް ޕޮއިންޓާއެކު އޮތް ސްޕެއިންއެވެ. ސްލޮވާކިއާ އާއި، ޕޮލެންޑް ވަނީ މުބާރާތުން އަލްވަދާޢު ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން