އިސްލާމްދީނާ ޚިލާފު ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރިއަރުވަން މުސްލިމަކަށް ހިތްވަރުދީ ވާހަކަ ދެއްކުމަކީ ދީނާ ޚިލާފުކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބްރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރަށްވާފައިވާ އަލްހާން މިއަދު ވިދާޅުވީ އިސްލާމްދީނާ ޚިލާފު ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރިއަރުވަން މުސްލިމަކަށް ހިތްވަރުދީ ވާހަކަ ދެއްކުމަކީ ދީނާ ޚިލާފުކަމެއް ކަމަށެވެ. އެގޮތުން އެފަދަ މީހަކައް ލާދީނީ މީހެކޭ ބުނުމަކީ އެމީހަކު މަރާލަން ބުނެވޭ ބުނުމެއް ނޫންކަމަށްވެސް އަލްހާން ވިދާޅުވިއެވެ. އަލްހާން މިހެން ވިދާޅުވެފައިވަނީ އދގެ ސްޕެޝަލް ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު މިއަދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޝަހީދު ވިދާޅުވީ ލާދީނީ ޓެގް އެޅުވުމަކީ މީހެއްގެ ފުރާނައަށް ގެއްލުންވާ ކަމެއް ކަމަށެވެ. ގަސްތުގައި އެފަދަ ޓެގު އެޅުވުން ގާނޫނަކުން މަނާ ކުރުމަކީ ލާޒިމްކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.

15 ޖޫން ވީ އާދީއްތަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ ބިލުގައި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ނުވަތަ އެކަން ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނުލް އުގޫބާތުގައި އެކުށަށް އަދަބު ކަނޑައެޅުމަށް ހުށައަޅާފައިވާ އިސްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ބިލަށް ޚިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް ޖުޑިޝަރީ ކޮމިޓީން ވަނީ ފުރުސަތުވެސް ދީފައެވެ. އެބިލާ މެދު ދީނީ ޢިލްމްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދެކޮޅު ހަދައި ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންދާއިރު އެބިލާ ދެކޮޅަށް ސޮއިކުރަން ހުޅުވާލި ޕެޓިޝަނުގައި ވެސް ގިނަ ބަޔަކު ވަނީ ސޮއިކޮށްފައެވެ.

މި ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެމުން އައިނަމަވެސް ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްފައި އޮތް ބިލެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރުން ބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ މީހުންގެ ތެރޭގައި ނަފުރަތު އުފެދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ހިސާބަށް ދިޔަ ނުދޭން ކުރެވެން އޮތް ހުރިހާ ކަމެއްކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަލިފްސީނުމީމު

27-Jun-2021

ތިޔަބުނާ ރެޕްޓަރ އަކީ ލާދީނީ ފިކުރަށް ތަބާވާމީހެއް. އިސްލާމީ ޝަރީއާ ގައި ކަނޑައަޅުއްވާ އަންގަވާގައި ވާ އެއްވެސް ހައްދަކާ ދެކޮޅުހަދައި ނަމަ ހަމަ އެމީހަކީ ލާދީނީ ފިކުރަށް ތަބާވާ ލާދީނީ މީހެއް. ޑޮކްޓަރ ޝަހީދު އަކީ ލާދީނީ ފިކުރުގެ މީހެއް



ޓްރެންޑިން