ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު)
ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު)
ރާއްޖޭގައި ހުންނަވާ އިންޑޮނޭޝިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) ހަމަޖައްސައިފިއެވެ.

ޖައުސާ ޖައުފަރު މިއަދު ވިދާޅުވީ، ރާއްޖޭގައި ހުންނަވާ އިންޑޮނޭޝިއާ ސަރުކާރުގެ އޮނަރަރީ ކޮންސުލްގެ މަގާމަށް އޭނާ ޢައްޔަނު ކުރަށްވާފައިވާ ކަމަށެވެ. އަދި އެ މަޤާމަށް އޭނާ ޢައްޔަނުކޮށްފައިވަނީ 17 ޖޫން އިން ފެށިގެން ކަމަށް ޖައުފަރު ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ޖައުފަރު ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލުކުރެއްވީ އެކަމަށްޓަކައި އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ސްރީލަންކާއާއި ރާއްޖެއަށް، އިންޑޮނޭޝިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އައި ގަސްޓި އެންގުރާ އަރްޑިޔަސާ އެވެ.



ޖައުފަރު ވަނީ އެ ރަސްމިއްޔާތުގެ ފޮޓޯތައް އޭނާގެ މީސްމީޑިއާ ޕްލެޓްފޯމް ތަކުގައި ޢާއްމު ކުރަށްވާފައެވެ.

ރައީސް ޔާމީނާއެކު ކޮންމެވެސް ވަރަކަށް ސިޔާސީ މަސައްކަތުގައި އުޅުއްވަނިކޮށް ކުރިން ފެނިފައިވި ނަމަވެސް އޭނާ ސިޔާސީ އެއްވެސް ހަރަކާތަކުން ވެސް ސިޔާސީ މަސައްކަތެއްގައި އުޅުއްވާތަންވެސް ނުފެންނަތާ އަހަރުތަކެއް ވެއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޖޭސީސީ މުއައްޒަފެއް

27-Jun-2021

ފުރަތަމަ މުއައްޒަފުންނައް މުސާރަ ދެވޭތޯބަލާބަލަ.މިހާރުވެސް ތިމަސައްކަތްތިކުރުވަނީ އެތައްމަހެއްގެ މުސާރަ ނުދީ.



ޓްރެންޑިން