އައްޑޫ ފްލައިން ސްކޫލް މައްސަލާގައި ކުދިންނަަށް ދޭންޖެހޭ ބަދަލު، އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) ގެ ކުރީގެ މެނޭޖްމަންޓް ރާއްޖެ ދޫކޮށް ދިއުމުގެ ކުރިން ހޯދަން ޖެހޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒޭނާ މިމޭރުމުން ވިދާޅުވެފައި މިވަނީ، އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ހުރިހާ އެސެޓެއް ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ، އެވިޑް ކޮލެޖުން ގަނެ އެ ކޮލެޖުގެ އޭވިއޭޝަން ފެކަލްޓީ އިއްޔެ އިފްތިތާހުކޮށްފައިވަނިކޮށެވެ.
ރޮޒޭނާ ވިދާޅުވީ، އޭއޭއޭގެ މައްސަލަ ވީހާވެސް އަވަހަކަށް ކޯޓަށް ވައްދަންޖެހޭ ކަމަށާއި، އެކަން ކުރިއަށްދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި އެ ސްކޫލް ހިންގި މެނޭޖްމަންޓް ރާއްޖެ ދޫކޮށް ފުރުމުގެ ކުރިން މައްސަލަ ކޯޓަށް ހުށައަޅަން ޖެހޭނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"އުންމީދު ކުރަން މިކޭސް ދަރިވަރުންނަށް ކާމިޔާބުވާނެ ކަމަށް، އަދި މިކަން މިހާރު ކުރިޔަށްދާކަމަށް." ރޮޒޭނާ ވިދާޅުވިއެވެ.
އެވިޑްގެ ދަށަށް އޭއޭއޭގެ ހުރިހާ މުދަލެއް އަދި ދަރިވަރުން ބަދަލުވުމާއެކު އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ)ގެ ނަމަށް ފްލައިން ސްކޫލުގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. އައްޑޫގައި އޭއޭއޭ ހިންގަމުންދާ އިމާރާތް ހުސްކުރުމަށް އައްޑޫގެ އެއާޕޯޓްގެ ބޯޑުން ދީފައިވާ އެންމެ ފަހުގެ ތާރީހަކީ ޖުލައި މަހެވެ. ނަމަވެސް އޭއޭއޭ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވުމާ ގުޅިގެން އެއާޕޯޓުގެ ބޯޑުގެ ނިންމުން ބަދަލުކޮށް ކުރިން ދީފައިވާ ނޯޓިސް ކެންސަލް ކޮށްދިނުމަށް އެވިޑް ކޮލެޖުން ވަނީ އެދިފައެވެ.
އޭއޭއޭގެ އެސެޓް ގަނެ އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. އަދި ފްލައިން ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރު އަހްމަދު ފަޒީލް ރަޝީދެވެ.
އެވިޑުން ހުރިހާ މުދަލަކާއެކު އޭއޭއޭ ގަނެ އެތަނުގެނަމަށް މުޅި އިންވެސްޓްމަންޓް ބަދަލުކުރި ނަމަވެސް އެކަން އެގޮތަށް ހިނގާފާނެ ކަމާމެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެފަދަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ އޭއޭއޭގެ ކުރީގެ މެނޭޖްމަންޓުން ހެދި ޑީލެއްގެ ގޮތުގައެވެ. އަދި މިކަން ކަމާބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަން ޖެހޭނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު