މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
މާލޭގައި އަކިރިން ހަދާފައިހުރި ދުވަސްވީ ޢިމާރާތްތަކުގެ ޙާލަތު ގާތުން ބެލުމަށް މާލޭ ސިޓީ ކައުންސިލަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ގޮވާލައްވައިފިއެވެ.

އެމެރިކާގެ މިއާމީގައި މީހުން ދިރިއުޅޭ ދުވަސްވީ ބާ އިމާރާތެއްގެ ބައެއް ވެއްޓި، ހިނގާފައިވާ ނުރައްކާތެރި ހާދިސާއަށް އިޝާރަތް ކުރަށްވަމުން މާލޭގައި މީހުން ދިރިއުޅޭ ޢިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައްވައި އާއްޓޭ ވިދާޅުވެފައި ވަނީ، މާލޭގައި އަކިރިން ހަދާފައިވާ ހަތަރު ބުރި ޢިމާރާތްތަކާއި، އެނޫންވެސް މީހުން ދިރިއުޅެން އެކަށީގެން ނުވާވަރަށް ބައުވެފައިވާ ތަންތަން ތަޅާލުމަށް އެއްދުވަސްވަރެއްގައި ވަރަށް ފޯރީގައި ބަޔަކު މީހުން އުޅުނު ކަމަށެވެ.

ނަމަވެސް މިއަދު އެކަމުގެ ހިލަމެއް ނެތްކަން ފާހަގަކުރަށްވައި އާއްޓޭވަނީ، "ހިތާމަވެރި ޙާދިސާއެއް ދިމާނުވަނީސް އެކްޝަން ނެގުމަށް" މާލޭ ސިޓީ ކައުންސިލަށް ގޮވާލައްވާފައެވެ.



2019 ވަނަ އަހަރު މާލޭގެ ގެއެއްގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓުމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އިމާރާތްތައް ބާވުމުގެ ސަބަބުން މާލޭގައި ފަހަކަށް އައިސް ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށާއި އެފަދަ ހާދިސާތައް މަދުކުރުމަށް އެ މިނިސްޓްރީއާއި ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އޭރު ބުނެފައިވަނީ ބައު އިމާރާތްތަކާ ގުޅޭ މައްސަލަ ރިޕޯޓު ކުރުމުން، އެތަނަކީ ރައްކާތެރި ތަނެއްތޯ ނުވަތަ ނޫންތޯ މިނިސްޓްރީން ބަލައި ކަނޑައަޅާނެ ކަމަށެވެ. އަދި ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، އޭގެ ސަބަބުތައް ކިޔައިދީ އެކަންކަން ރަނގަޅު ކުރުމަށާއި އެ ތަން ބޭނުން ނުކުރުމަށް އިމާރާތުގެ ވެރިފަރާތަށް އަންގާނެ ކަމަށްވެސް ބުންޏެވެ. އަދި އެތަނަކީ ނުރައްކާތެރި ތަނެއްކަން އަންގައިދޭ ބޯޑެއް ހަރުކުރާނެ ކަމަށް ވެސް އޭރު އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭރު އެފަދަ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެފަދަ ކަމެއްގެ އަމަލީ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

މޫސަ

27-Jun-2021

އެޕޯލޮ ހިލަ ގަންނާށޯ



ޓްރެންޑިން