އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް ނުވަތަ މިހާރު ކޯވިޑް ޖެހިފައިތިބި މީހުންތިބީ ދެ އަވަށުގައި ކަމަށް އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އައްޑު ސިޓީގެ މިހާރުގެ ހާލަތައް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހު ނަގާފައިވާ 183 ސާމްޕަލްގެ ތެރެއިން ކޯވިޑަށް ޕޮޒިޓުވްވީ 4 މީހަކު ކަމަށް އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވެއެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ބަލިޖެހިފައި ތިބީ ހިތަދޫއިން 127 މީހުންނާއި، މަރަދޫއިން 4 މީހުންނަށެވެ. އެގޮތުން އައްޑޫގައި މިހާރު ޖުމްލަ ބަލިޖެހިފައި ތިބީ 131 މީހުންނަށެވެ. މީގެތެރެއިން ހޮސްޕޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން ދަނީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހަކަަށް އެކަނި ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ. މިހާތަނަަށް މި ބަލީގައި އައްޑޫއިން ދެ މީހުން ވަނީ ނިޔާވެފައެވެ.

މިހާތަނަށް އައްޑޫއިން ބައްޔަށް 450 މީހުން ހުށަހެޅިފައިވާއިރު، 317 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓު ކުރުމަށް މިހާތަނަށް 9110 ސާމްޕަލް އައްޑޫއިން ނަގާފައިވެއެވެ. އައްޑޫގެ އެންމެހާ ރައްޔިތުންނަށް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިލްތިމާޒް ކުރަނީ ގައިދުރުކަން ބެހެއްޓުމާށައި، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ބަލީގެ ކިތަންމެ ކުޑަ އަލާމާތެއް ފެނުނު ނަމަވެސް ލަސްނުކޮށް ޓެސްޓުކުރުމަށެވެ.

އައްޑޫސިޓީގައި ކޮވިޑް-19 ގެ ކޭސްތައް ދަށްވެ ބަލި ކޮންޓްރޯލް ކުރެވުމުންދިއުމާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކައް ލުއިދޭން ވަނީ ފަށާފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އައްޑޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހިތަދޫ ފިޔަވާ އެހެން ހުރިހާ ރަށްތަކެއްގައި އިއުލާންކޮށްފައިވާ ކާފިއު ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އުވާލާ، ނިމުމަކަށް ގެނައުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން