މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ
ސީމަނުންގެ ޙަޔާތަކީ ރާއްޖޭގެ ޠަބީޢަތާއި މާޙައުލާއި ގުޅިލާމެހިފައިވާކަމެއް ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ "އިންޓަނޭޝަނަލް ސީ ފެއަރަރސް ޑޭ"ގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކަނޑު މަގުންކަމަށްވުމާއެކު، އެތައްސަތޭކަ އުޅަނދެއްގައި އެތައްސަތޭކަ ސީމަނުން، ރާއްޖޭގެ ކަނޑުތަކުގައި ކޮންމެ ދުވަހަކު ދަތުރުކުރަމުންދާކަމަށެވެ. އަދި ސީމަނުންގެ ޙަޔާތަކީ ރާއްޖޭގެ ޠަބީޢަތާއި މާޙައުލާއި ގުޅިލާމެހިފައިވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާޢަތު ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރަށްވައި މިނިސްޓަރ ވިދާޅުވީ، ސީމަނުންގެ ޙައްޤުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ފަސްނުޖެހި ދެމި ހުންނާނެކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު ސީމަނުންގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ސީފެއަރަރސް ރައިޓްސް އިންޓަރނޭޝަނަލާއި ދެމެދު މުއާހަދާއެއްގައި ސޮއި ކުރެވި މަސައްކަތްތައް ފެށިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބައިނަލް އަޤުވާމީ އިޤްތިޞާދީ މުޢާމަލާތްތައް ބަރޯސާ ވެފައިވަނީ، ކަނޑު ދަތުރުފަތުރުގެ މައްޗަށްކަމަށާއި، މުދާ އުފުލުމުގެ ހަރަކާތްތައް ނުހުއްޓި ދެމިއޮތުމަކީ އިންސާނީ ތަރައްޤީގައި ޒަރޫރީ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މުހިއްމު މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ، ހިތްވަރުގަދަ ފަހުލަވާނުންނަކީ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިން ކަމަށާއި، ސީމަނުން އެވާ ގުރުބާނީއާއި އުފުލާ ތަކުލީފަކީ، އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ އިޙްސާސް ކުރެވޭވަރަށް ވުރެ ބޮޑު ގުރުބާނީއެއް ކަން މިނިސްޓަރ ނަހުލާގެ ޚިތާބުގައިވަނީ ފާހަގަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ލޯބި

28-Jun-2021

ތިކަންކުރުންފަސްވެހިގައްޖެ ދެން ދިވެހިސީމަނުންނަ ޖާގަތިމީހުންނަހޯދަދެވޭނެކަމައް އަހަރިންގަބޫލުނުކުރަން



ޓްރެންޑިން