އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އަންހެން ކުދިން ޚިތާނުކުރުމާ ގުޅޭގޮތުން ޑރ. މުޙައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށް ރައީސް މައުމޫން މިއަދު ވިދާޅުވީ، އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގައި ޚިތާނުކުރުން ޝަރުޢު ކުރަށްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ، "ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް" ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، އެއީ އެމަނިކުފާނުގެ އަމިއްލަ ރައުޔެއްނޫން ކަމަށާއި، މިސުރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ޚިތާން ކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައި ކަމެއްކަމަށެވެ.
ރައީސް މައުމޫން މިމޭރުމުން ޓްވީޓް ކުރަށްވާފައިވާއިރު އަންހެންކުދިން ޚިތާނު ކުރުމަކީ ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރާއްޖޭ އޮފީހުންވެސް ވަނީ ބުނެފައެވެ. އެގޮތުން އެކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ތަފާތު މައްސަތަކާއި، އިންފެކްޝަން އުފެދުމާއި، ލޭފޭބުން ފަދަ މައްސަލަތަކުގެ އިތުރުން ބައެއް ޙާލަތްތަކުގައި މަރުވެސް ވެދާނެކަމަށް އެއޮފީހުން ވަނީ ބުނެފައެވެ.
ދާދި ފަހުން އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ފަދަ ޓްވީޓެއް ކުރި ކަމަށް ބުނެ، ޑރ. އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މަޖިލީހަށް މައްސަލައެއް ހުށައަޅާފައެވެ. އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ބައްލަވައި ދިނުމަށް ވެސް މެމްބަރު މީކާއިލްގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
މިކަމާ ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ އޭނާއަކީވެސް އަންހެން ކުދިން ހިތާނު ކުރުމަށް ތާއީދުކޮށް ވަކާލާތުކުރަށްވާ ބޭފުޅެއް ނޫން ކަމަށެވެ. އޭނާގެ ޓްވީޓްގައި ހިއްސާ ކުރެއްވީ އެކަމާ ބެހޭގޮތުން ކޮށްފައިވާ ޢިލްމީ ދިރާސާއެއް ކަމަށެވެ.

އިސްލާމް ދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް. އަންހެންކުދިން ޚިތާން ކުރުމެއް ނޯވޭ. ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް. .
— Maumoon Abdul Gayoom (@maumoonagayoom) June 25, 2021
ރައީސް މައުމޫން ވިދާޅުވީ، އެއީ އެމަނިކުފާނުގެ އަމިއްލަ ރައުޔެއްނޫން ކަމަށާއި، މިސުރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ޚިތާން ކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައި ކަމެއްކަމަށެވެ.
ރައީސް މައުމޫން މިމޭރުމުން ޓްވީޓް ކުރަށްވާފައިވާއިރު އަންހެންކުދިން ޚިތާނު ކުރުމަކީ ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރާއްޖޭ އޮފީހުންވެސް ވަނީ ބުނެފައެވެ. އެގޮތުން އެކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ތަފާތު މައްސަތަކާއި، އިންފެކްޝަން އުފެދުމާއި، ލޭފޭބުން ފަދަ މައްސަލަތަކުގެ އިތުރުން ބައެއް ޙާލަތްތަކުގައި މަރުވެސް ވެދާނެކަމަށް އެއޮފީހުން ވަނީ ބުނެފައެވެ.
Female Genital Mutilation (FGM) has ZERO health benefits for Girls & Women. Those living with FGM face serious threats to their health & well-being
— WHO Maldives (@WHOMaldives) June 24, 2021
These include:
🔴infections
🔴bleeding
🔴psychological trauma
🔴chronic health conditions that can occur throughout life#EndFGM pic.twitter.com/mhameErzki
ދާދި ފަހުން އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ފަދަ ޓްވީޓެއް ކުރި ކަމަށް ބުނެ، ޑރ. އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މަޖިލީހަށް މައްސަލައެއް ހުށައަޅާފައެވެ. އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ބައްލަވައި ދިނުމަށް ވެސް މެމްބަރު މީކާއިލްގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
މިކަމާ ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ އޭނާއަކީވެސް އަންހެން ކުދިން ހިތާނު ކުރުމަށް ތާއީދުކޮށް ވަކާލާތުކުރަށްވާ ބޭފުޅެއް ނޫން ކަމަށެވެ. އޭނާގެ ޓްވީޓްގައި ހިއްސާ ކުރެއްވީ އެކަމާ ބެހޭގޮތުން ކޮށްފައިވާ ޢިލްމީ ދިރާސާއެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު