އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮވެގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްގައްޔޫމް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒަށް ރައްދު ދެއްވައިފިއެވެ.
އަންހެންކުދިން ޚިތާނުކުރުމާއި އިލްމްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ، އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތްނަމަ ކަމަށެވެ.
ރައީސް މައުމޫން އެގޮތަށް ވިދާޅުވީ، އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ނެތް ކަމެއް ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ ދީނުގައި އޮތްކަމެއް ކަމަށް ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕޮރެފެސަރު ޑރ. އިޔާޒް ވިދާޅުވުމާއި ގުޅިގެންނެވެ.
"އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ ދަލީލެއް ކީރިތި ޤުރްއާނުގައިވެސް އަދި ޞައްޙަ ޙަދީސެއްގައިވެސްނެތްކަމަށް މަޝްހޫރުޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ." ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ރައުޔެއްނޫން ކަމަށެވެ. މިސުރުގެ ފަތުވާއިދާރާއިން ނެރުނު ބަޔާނެއްގައި އަންހެނުން ހިތާންކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަމަށް ބުނެފައިވާ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. މައުމޫން މިއަދު ވިދާޅުވީ، އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫންކަމަށެވެ. އަދި އިސްލާމް ދީނުގައި ޚިތާނުކުރުން ޝަރުޢު ކުރަށްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް." މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ ރައީސް މައުމޫން ވިދާޅުވިއެވެ.
އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ރާއްޖޭގެ ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުން ގެންދަވާއިރު އޭގެތެރޭގައި ޑރ. އިޔާޒް ހިމެނިވަޑައިގަންނަވައެވެ. އަންހެންކުދިން ޚިތާނުކުރުމަށް ހިތްވަރު ލިބޭގޮތަށް އިޔާޒު ވާހަަކަ ދައްކަވާ ކަމަށް ބުނެ އޭނާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށައަޅާފައެވެ.

އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީދަލީލަކުން އެކަން ސާބިތުވާން އޮތިއްޔާ. އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ އެފަދަދަލީލެއް ކީރިތި ޤުރްއާނުގައިވެސް ޞައްޙަ ޙަދީސެއްގައިވެސްނެތްކަމަށް މަޝްހޫރުޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ. pic.twitter.com/qSJuPucoOZ
— Maumoon Abdul Gayoom (@maumoonagayoom) June 25, 2021
"އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ ދަލީލެއް ކީރިތި ޤުރްއާނުގައިވެސް އަދި ޞައްޙަ ޙަދީސެއްގައިވެސްނެތްކަމަށް މަޝްހޫރުޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ." ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ރައުޔެއްނޫން ކަމަށެވެ. މިސުރުގެ ފަތުވާއިދާރާއިން ނެރުނު ބަޔާނެއްގައި އަންހެނުން ހިތާންކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަމަށް ބުނެފައިވާ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. މައުމޫން މިއަދު ވިދާޅުވީ، އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫންކަމަށެވެ. އަދި އިސްލާމް ދީނުގައި ޚިތާނުކުރުން ޝަރުޢު ކުރަށްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް." މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ ރައީސް މައުމޫން ވިދާޅުވިއެވެ.
އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ރާއްޖޭގެ ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުން ގެންދަވާއިރު އޭގެތެރޭގައި ޑރ. އިޔާޒް ހިމެނިވަޑައިގަންނަވައެވެ. އަންހެންކުދިން ޚިތާނުކުރުމަށް ހިތްވަރު ލިބޭގޮތަށް އިޔާޒު ވާހަަކަ ދައްކަވާ ކަމަށް ބުނެ އޭނާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު