އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ކ) އާއި ޑރ އިޔާޒް (ވ)
އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ކ) އާއި ޑރ އިޔާޒް (ވ)
އަންހެން ކުދިން ޚިތާނުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކަވަމުން ގެންދަވާތީ ޑރ. އިޔާޒަށް ފިޔަވަޅު އެޅުމަށް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އިޔާޒް ވިދާޅުވީ، އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ނެތް ކަމެއް ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ ދީނުގައި އޮތްކަމެއް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތްނަމަ ކަމަށާއި، އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫންކަމަށެވެ.

ރައީސް މައުމޫންގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ، އަންހެން ކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގައި ކަމެއް އޮންނަ ކަމަށް ނިންމޭނީ ޝަރުޢީ ސައްހަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ޑރ. ޝަހީމް ވެސް ވިދާޅުވިއެވެ.

އަންހެން ކުދިން ޚިތާނުކުރުމަށް ހިތްވަރުދީ ޑރ. އިޔާޒް ވާހަކަ ދައްކަވާ ކަމަށްބުނެ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން މިއަދު ވިދާޅުވީ، މާތްވެގެންވާ އިސްލާމް ދީނުގައި އަންހެން ކުދީން ޚިތާނު ކުރުން ނޯންނަ ކަމަށާއި، މި ފަދަ އަނިޔާވެރި ޢަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.



އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ ދަލީލެއް ކީރިތި ޤުރްއާނުގައިވެސް އަދި ޞައްޙަ ޙަދީސެއްގައިވެސް ނެތްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިބްނުލް މުންޒިރު ވިދާޅުވެފައިވާ ކަމަށް މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ، މިނިސްޓަރ ޔުމްނާގެ ބައްޕާފުޅު، ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ޑރ. އިޔާޒް ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުން ގެންދަވާ ކަމަށްބުނެ އޭނާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ މެންބަރަކު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއްވެސް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

މަންނު

09-Jul-2021

ރާއްޖެ މަންޖެ އާ ބުނަން އެކޮއި ގެ މަންމަ ވެސް އެހުރީ ނިވާނުވެ. ދެމައިންނަށް އެއްކޮށް ފަތުވާދޭން ޖެހޭނީ... 🤦🏻‍♀️


16

ރާއްޖެ މަންޖެ

30-Jun-2021

ކަބުލޯ އިސްލާމް ދީނުގަ އޮވޭ އަންހެންނުން އައުރަ ނިވާކުރަން ޤުރުއާނުގަވެސް އޮންނާނެ, ދެންކީވެތޯ ބުރުގާ ނާޅަތި އުޅުންވަނީ, ބައްޕާފުޅު ކައިރި ވިދާޅުވެބައްލަވާ އެކަމަށް ފަތުވާއެއް ދެވަން



ޓްރެންޑިން