ކެސްޕާ ޑޯލްބާގް (މ)
ކެސްޕާ ޑޯލްބާގް (މ)
ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ ވޭލްސް ބަލިކޮށް، ކުއާޓަ ފައިނަލްގެ ފުރަތަމަ ޖާގަ ޑެންމާކުން ކަށަވަރުކޮށްފިއެވެ.

އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައިރޭ ރާއްޖެގަޑިން 21:00 ގައި ކުޅުނު މެޗު ޑެންމާކު ކާމިޔާބު ކުރީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މިއީ ސާތަރަ އަހަރަށް ފަހު ޑެންމާކް ޔޫރޯގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ޑެންމާކުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ކެސްޕާ ޑޯލްބާގް އެވެ. ޑެންމާކްގެ 3 ވަނަ ގޯލް މަތިއަސް ޖެންސެން ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މާޓީން ބްރެތުވެއިޓެވެ.

ވޭލްސް ބަލިކޮށް ކުއާޓަ އަށް ދަތުރުކުރި ޑެންމާކުން، ކުއާޓަ ފައިނަލުގައި ކުޅޭނީ ޗެކް ރިޕަބްލިކާއި ނެދަލެންޑްސް މިރޭ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން