ރޭގެ މެޗު ކާމިޔާބުވުމުން އިޓަލީ ކުޅުންތެރިން އުފާފާޅު ކުރަނީ
ރޭގެ މެޗު ކާމިޔާބުވުމުން އިޓަލީ ކުޅުންތެރިން އުފާފާޅު ކުރަނީ
ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ރޭ އޮސްޓްރިއާ ބަލިކޮށް، ކުއާޓަ ފައިނަލްގެ ދެވަނަ ޖާގަ އިޓަލީ ކަށަވަރުކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ރާއްޖެގަޑިން 00:00 ގައި ކުޅުނު މެޗު އިޓަލީ ކާމިޔާބު ކުރީ އުނދަގޫ ކުރިމަތިލުމަކަށްފަހު އިތުރުވަގުތުގައި އޮސްޓްރިއާގެ މައްޗަށް ދެ ލަނޑު އެއް ލަނޑުން ކުރި ހޯދައިގެންނެވެ. މި މެޗުގައި އޮސްޓްރިއާއިން އިޓަލީކޮޅަށް ޖެހި ގޯލަކީ 11 މެޗަށްފަހު އެޓީމްގެ ގޯލަށް އިދިކޮޅު ޓީމަކުން ޖެހި ފުރަތަމަ ގޯލެވެ. އަދި ރޭގެ މެޗު ކާމިޔާބު ކުރުމާއެކު މެޗަކުން ބަލިނުވެ އިޓަލީން ދަމަހައްޓަމުން އަންނަ ރެކޯޑް 31 އަށް ވަނީ އަރާފައެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ކުޅުނު އިތުރުވަގުތުގެ ފުރަތަމަ ހާފްގައި އިޓަލީން ވަނީ ލީޑް ނަގާފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ކިއޭސާއެވެ. އިޓަލީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަޓެއޯ ޕެސީނާ އެވެ. ނަމަވެސް އޮސްޓްރިއާގެ ސާސާ ކަލައިޖިޗް ވަނީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ގޯލެއް ޖަހައި އެޓީމްގެ އުންމީދު އާކޮށްދީފައެވެ. ނަމަވެސް މެޗު ނިމިފައި ވަނީ ދެލަނޑު އެއްލަނޑުން އިޓަލީ ކުއާޓަރ އަށް ދަތުރުކޮށްގެންނެވެ.

އޮސްޓްރިއާ ބަލިކޮށް ކުއާޓާ އަށް ދަތުރުކުރި އިޓަލީން، ކުއާޓަ ފައިނަލުގައި ކުޅޭނީ ޕޯޗުގަލް އާއި ބެލްޖިއަމް މިރޭ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން