ފޮޓޯ: ސޯޝަލް މީޑިއާ، މާލެ އަތޮޅު ކާށިދޫ
ފޮޓޯ: ސޯޝަލް މީޑިއާ، މާލެ އަތޮޅު ކާށިދޫ
ކ. ކާށިދޫގައި ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ ކާށިދޫ މަގުމަތިންދިޔަ ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީއެއް ހިނގާދިޔަ ކަމުގެ މައްސަލައެއް މިއަދު މެންދުރުފަހު 14:51 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވި ކުއްޖާއަށް ކާށިދޫ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށާއި، ކުއްޖާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވައެވެ.

ނަމަވެސް ކާށިދޫގައި ހިނގާދިޔަ މާރާމާރިޔާ ގުޅިގެން މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން