ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ ނެދަލޭންޑްސް ބަލިކޮށް، ކުއާޓަ ފައިނަލްގެ ތިންވަނަ ޖާގަ ޗެކް ރިޕަބްލިކުން ކަށަވަރުކޮށްފިއެވެ.
ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ރޭ ރާއްޖެގަޑިން 21:00 ގައި ކުޅުނު މެޗު ޗެކް ރިޕަބްލިކް ކާމިޔާބު ކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއީ ޗެކް ރިޕަބްލިކުން 2012 ވަނަ އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ޗެކް ރިޕަބްލިކްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ތޯމަސް ހޯލްސްއެވެ. ޗެކް ރިޕަބްލިކްގެ ދެ ވަނަ ގޯލް ކާމިޔާބުކޮށްދިނީ ޝިކް އެވެ. މިއީ މިމުބާރާތުގައި ޝިކް ޖެހި 4 ވަނަ ގޯލެވެ.
ރޭގެ މެޗުގައި ނެދަލޭންޑްސްގެ މަޓިއަސް ޑި ލިގްޓް ގަސްދުގައި ބޯޅައިގައި އަތްލުމުން ރެފުރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކާފައެވެ.
ޗެކް ރިޕަބްލިކް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ވޭލްސް ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ޑެންމާކާއެވެ. މި މެޗު ކުޅޭނީ އަންނަ ޖުލައިމަހުގެ 3 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު