ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް، ކުއާޓަ ފައިނަލްގެ ހަތަރުވަނަ ޖާގަ ބެލްޖިއަމް ކަށަވަރުކޮށްފިއެވެ.

ސެވިއްޔާގެ އެސްޓާޑިއޯ ލަ ކަރްތޫޒާގައި ރޭ ރާއްޖެގަޑިން 00:00 ގައި ކުޅުނު މެޗު ބެލްޖިއަމް ކާމިޔާބު ކުރީ ވަރުގަދަ ކުރިމަތިލުމަކަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްގެ މައްޗަށް އެއް ލަނޑުން ކުރި ހޯދައިގެންނެވެ.

މި މެޗުގައި ބެލްޖިއަމުން ލީޑު ނަގާފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ޕޯޗުގަލް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަމުގައި ކާމިޔާބު ހޯދިފައެއް ނުވެއެވެ.

ޕޯޗުގަލް ބަލިކޮށް ކުއާޓާ އަށް ދަތުރުކުރި ބެލްޖިއަމް، ކުއާޓަ ފައިނަލުގައި ކުޅޭނީ އިޓަލީ އާއެވެ. އެ މެޗު ކުޅޭނީ އަންނަ ޖުލައިމަަހުގެ ދެވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން