އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
ޙައްޤު ބަސް ބުނެގެން "ދޮންމަންމަ" ކިޔަސް އެންމެ ރަނގަޅު ކަމަށާއި، އެއީ ލިބޭ ޝަރަފެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ޑީއާރުޕީއިން ސިޔާސީ ހަޔާތް ފެށުމަށްފަހު، 2013 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީއާ ގުޅިވަޑައިގެން މިއަދާ ހަމައަށްވެސް އެޕާޓީގައި ދެމި ހުންނެވި ރޮޒެއިނާ މިހެން ވިދާޅުވީ "އެމްޑީޕީގެ ދޮން މަންމައަކީ ރޮޒެއިނާ" ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔުނު ލިޔުމަކަށް ރައްދު ދެއްވަމުންނެވެ.

ރޮޒެއިނާ ވިދާޅުވީ ސިޔާސީ ގޮތުން އޭނާއަށް ދޮން މަންމަ ކިޔަންޖެހެނީ، އޭނާއަށް ޙައްޤު ބަސް ބުނަން ކެރޭތީއާއި ބަސް ބުނަން ޖެހޭތާކު އެބަސް ބުނުމާއި އަދި "އެޅިހާ ބަތަކަށް ރިހައިގެ" އުސޫލު ނުގެންގުޅޭތީ ކަމަށްވާނަމަ އެކަން ނަގާނީ އޭނާއަށް ލިބޭ ތަޢުރީފެއްގެ ގޮތުގައި ކަމަށެވެ.

ސިޔާސީ ދާއިރާއަށް ނުކުންނެވީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އެއްބަސްވާން ނޫންކަމަށާއި އަދި ހަނގާކުރާ މީހުންދެކެ ބިރުން، އަމިއްލައަށް ގަބޫލު ނުކުރެވޭ ކަމަކަށް އާނއެކޭބުނެ ވާހަކަ ދައްކާކަށް ވެސް ނޫން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި އެއްބަސް ވެވޭނީ އޭނާއަށް އެކަމެއް ޤަބޫލު ކުރެވުމުން ކަމަށާއި، އޭރުން އެކަމަކާ އުޅުއްވާނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

"ބުލީ ކުރުމަކީ (ހަނގާ ކުރުމަކީ) ސްކޫލްތަކުގައި އެކަނި ހިނގާ ކަމެއް ނޫން. އަޅުގަނޑަށް ސްކޫލްގައި ބުލީއެއް ނުކުރޭ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގޭތެރޭން ބުލީ ކުރުމާއި މޫނަށް ކުޅު ޖެހުމާއި، ލައްކަ ކަންތައް ދިމާވެއްޖެ. އިދިކޮޅުންވެސް އެއްކޮޅުން ވެސް." ރޮޒެއިނާ ވިދާޅުވިއެވެ.



ރޮޒޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުން ހަނގާކުރަން އުޅުމަކީ ދެރަވަރު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް އަމާޒުކޮށްގެން މިކަން ކުރުމަކީ ދެރަ ކަމެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން