ކޮކޮނަޓް ބީފްކަރީ
ކޮކޮނަޓް ބީފްކަރީ
* ބޭނުންވާތަކެތި

ހަތަރު މީހުންގެ ކެއުމެއް ނަމަ، ބޭނުންވާނީ

1 މޭޒުމަތީ ސަމުސާ މުގުރި ކޮތަންބިރި

1 މޭޒުމަތީ ސަމުސާ މުގުރި ދިރި

3 މޭޒުމަތީ ސަމުސާ މުސަންމަން ކަރީ ޕޭސްޓް

150 އެމްއެލް ފެން

75 ގުރާމް ކޮކޮނަޓް ކްރީމް

450 ގުރާމް ބީފް (1 އިންޗަށް ހުންނަވަރަށް ކިއުބްކޮށްކޮށާފައި)

400 އެމްއެލް ކޮކޮނަޓް މިލްކް

50 ގުރާމް އަންސޯލްޓެޑް ޕީނަޓް (ހިމުންކޮށް މުގުރާފައި)

2 މޭޒުމަތީ ސަމުސާ ފިޝް ސޯސް

1 މޭޒުމަތީ ސަމުސާ ހަކުރު

4 ލައިމް ލީވް

ތާޒާ ކޮންތަންބިރި ފަތް (ގާރނިޝްކުރުމަށް)

ބަތް (ކޮތަންބިރި ފަތް އަަޅާ ކައްކާފައި

ހުރި ބަތް)

*ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޯތަށްޓެއްގެ ތެރެއަށް މުގުރި ކޮންތަންބިރި، ދިރި އަދި ކަރީޕޭސްޓް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ތެއްޔަ 150 އެމްއެލް ފެން އަޅާށެވެ. އަދި އޭގެ ތެރެއަށް ކްރީމްޑް ކޮކޮނަޓް (ނުވަތަ ކާށިހުނިން އެންމެފުރަތަމަ ފެލާއިރު އަންނަ އޮލަކަން ހުންނަ ބޯކިރު ފޮދު) އަޅައި ހޫނު ކުރާށެވެ. އަދި ކްރީމްޑް ކޮކޮނަޓް (ބޯކިރު) ފެނާއި އެކުވަންދެން ހޫނު ކުރަން ބަހައްޓާށެވެ. ދެން އެއަށްފަހު މިކްސްކުރި ކަރީޕޭސްޓްކޮޅު އަޅައި 1 މިނިޓް ވަންދެން ކައްކާށެވެ.

އެއަށްފަހު ކިއުބުކޮށް ކޮށާފައިހުރި ބީފް އެޅުމަށްފަހު 6 މިނިޓް ނޫނީ 8 މިނިޓް ވަންދެން މެދުމިނެއްގެ ގިނީގައި ކައްކާށެވެ. އެއަށްފަހު 400 އެމްއެލް ކޮކޮނަޓް މިލްކް (ދެވަނަ ފަހަރަށް ކާށިހުނިން ފެލާފައިހުރި ކިރު)، ޕީނަޓް އަދި ހަކުރު ކޮޅު އަޅައި މަތިބަންދުކުރުމަށް ފަހު 15 މިނިޓަށް 20 މިނިޓަށް ބީޕްކޮޅު މަޑުވަންދެން ކައްކާށެވެ.



ބީފް މަޑުވާވަރަށް ކެއްކުމުން އަނެއްކާވެސް އުނދުން މަޑުގިނީގައި ބެހެއްޓުމަށްފަހު ލުބޯފަތްކޮޅު އަޅައި 1 މިނިޓް ނޫނީ 2 މިނިޓް ވަންދެން ހޫނުކޮށްލާށެވެ. އެހާ ހިސާބުން އެހުރީ ކޮކޮނަޓް ބީފް ކަރީ ތައްޔާރުވެފައެވެ.

އުނދުންވެސް ނިއްވާލައި ހޫނުކަންމަތީ ހުރި ބަތާއެކު ކެއުމަށް މޭޒުމައްޗަށް އަރުވާށެވެ. އަވަހަށް ތަށްޓަކަށް އަޅާށެވެ.

ރޯދަވީއްލާގަޑީގައި ސުފުރާ މައްޗަށް އިތުރުކޮށްލަން އެންމެ އެކަށޭނެ ކޮކޮނަޓް ބީފް ކަރީ އަކީ ބަތާއެކީ އަދި ރޮއްޓާއެކުވެސް ކާލަން ވަރަށް މީރު ކަރީއެކެވެ. އެހެންކަމުން ކޮކޮނަޓް ބީފްކަރީގެ އަޖުމަބާލުން ކިހިނެތްވާނެތޯއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން