ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ދީނީ ޢިލްމުވެރިން ވާހަކަދައްކަވަން ވާނީ މަޑުމައިތިރިކަމާއެކު ރީތި ބަހުން ކަަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިމޭރުމުން ވިދާޅުވެފައި މިވަނީ، އަންހެންކުދިން ޚިތާނުކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ ޑރ. އިޔާޒަށް ގިނަ ބައެއްގެ ނުރުހުން އަމާޒު ވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން ދީނީ އިލްމުވެރިޔަކު އޭނާއަށް ފެންނަ ރައުޔެއް ބުނުމުން ބިރުދައްކަން ކަންކަންކުރާ ކަމަށާއި، ނަފްރަތު ނައްތާލަން ބޭނުން ނަމަ އަދުލުވެރިވާން ޖެހޭކަމަށް ޑރ. ޝަހީމް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

ދީނީ ޢިލްމުވެރިން ރަޢުޔު ފާޅުކުރެއްވުމުގައި ގެންގުޅުއްވާ ބަސްމަގަށް ސަމާލުވުމަށް އިލްތިމާސް ކުރަށްވައި ރައީސް މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިން މަޑުމައިތިރި ކަމާއެކު ރީތިބަހުން ވާހަކަ ދެއްކުމަށް ގުރުއާނުގެ އެތައް އާޔަތެއްގައި ސާފުކޮށް އަންގަވާފައިވާ ކަމަށެވެ.

"ދީނުގެޢިލްމުވެރިން ވާހަކަފުޅު ދައްކަވަންވާނީ މަޑުމައިތިރިކަމާއެކު ރީތިބަހުން. ކީރިތި ޤުރްއާނުގެ އެތައްއާޔަތަކުން މިކަން ސާފުކޮށް އެނގެން އެބައޮތް." ރައީސް މައުމޫން ވިދާޅުވިއެވެ.



އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރު ދެއްވިކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޑރ. އިޔާޒް މިއަދު ވިދާޅުވީ އިސްލާމް ދީނަކީ ހުރިހާ އިންސާނުންގެ ޙައްޤު ދެއްވި، އަދި އެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާ ދީނެއްކަމަށެވެ. އަދި ލާދީނީ ފަރާތްތަކާއި، މުލްޙިދުން އަބަދުމެ ކުރަމުން އަންނަ މަސައްކަތަކީ އިސްލާމްދީނަކީ އަނިޔާވެރި ލާއިންސާނީ ދީނެއްގެ ގޮތުގައި ސިފަކޮށް މީހުން އިސްލާމްދީން މަތިން ފޫހިކުރުވާ އިސްލާމްދީނާމެދު ނަފްރަތާއި ޢަދާވާތްތެރިކަން އުފެއްދުމުގެ މަސައްކަތްކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފަރާތްތަކާމެދު ދިވެހި ރައްޔިތުންނާއި، ދީނީ ޢިލްމުވެރިން އިތުރަށް ސަމާލުވެ، މިފަދަ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ޑރ. އިޔާޒު ވަނީ ގޮވާލައްވާފައެވެ.

ޑރ. އިޔާޒު ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި ޢިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅު އޮތްކަން ބަޔާންކޮށްގެން އޭނާއަށް ނުވަތަ އެހެންފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެކަމަށެވެ. އަދި އެފަދަ ކޮންމެ އަދަބެއް ވާނީ ބޭއިންސާފުން ދެވޭ އަދަބަކަށްކަމަށާއި އަދި އެފަދަ އަދަބަކީ ޙައްޤު އަދަބެއްކަމަށް ބުނާނީ ކޮން ހަމަޔަކުންތޯ އިޔާޒު ސުވާލުކުރަށްވާފައިވެއެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށްބުނެ އިސްލާމިކް މިނިސްޓްރީއާއި ޑރ. އިޔާޒު ވަޒީފާ އަދާކުރަށްވާ ގައުމީ ޔުނިވަސިޓީން ވެސް ވަނީ އިޔާޒުގެ މައްސަލަ ބަލަންފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު


5

މާހިރާ

30-Jun-2021

ސޯޝަލްމީޑިއާގައި ޢިލްމުވެރިން އެެކަކު އަނެކަކަށް ޖަދަލު ނުކުރައްވާށެވެ. އެއީ, މާބޮޑު ފިތުނަވެރިކަމެކެވެ.



ފަހުގެ ލިޔުންތައް