ފެހި އަދި ނޫ އިޤްތިޞާދެއް ތަރައްޤީކުރުމަށް އަންހެނުންގެ ބައިވެރިވުން މުހިންމު ކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.
ދަ ޖަނަރޭޝަން އިކުއަލިޓީ ފޯރަމް ހައިލެވެލް ވަރޗުއަލް ރައުންޑްޓޭބަލް: ޖެންޑަރ އިންކްލޫސިވް ކްލައިމެޓް އެކްޝަންސް؛ އަ ގްލޯބަލް މޫމަންޓް ފޮރ ޖެންޑަރ އިކުއަލިޓީ ގައި މިއަދު ވާހަކަ ދައްކަވަމުން ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވަނީ، ޤައުމު އަލުން އާރާސްތުކުރުމަށާއި ފެހި އަދި ނޫ އިޤްތިޞާދެއް ތަރައްޤީކުރުމަށް އަންހެނުންނާއި އަންހެން ކުދިން ހިމަނައިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން މި ފޯރަމްގައި ޞަބްރާ ވަނީ މިހާރު މިއޮތް ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ގިނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން މިދިޔަ އަަހަރު ޔޫ އެން ވިމެންއިން ކުރި ދިރާސާއިން ދައްކާ ގޮތުން ރޯގާބަލިމަޑުކަމުގެ ހާލަތުގައި ހީވެސްނުކުރާ ވަރަށް ގިނަ އަންހެނުންނަށް ނަފްސާނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން އަސަރުކޮށްފައިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން ޞަބްރާ ވަނީ ދިވެހިރާއްޖެއިން އަބަދުވެސް މޫސުމީ ބަދަލުތަކުން އަންނަ ގެއްލުންތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން ގެންދާނެކަމުގެ ޔަޤީކަންދެއްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ސަރުކާރުން މިކަމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވަމުން ޞަބްރާ ވަނީ އިޞްލާހުކޮށްފައިވާ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތަށް ރާއްޖޭގެ ލޯކަލް ކައުންސިލުތަކުގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ކަނޑައަޅައި ނިމިދިޔަ އިންތިހާބުގައި އެކަން ތަންފީޒުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ގިނަ އަންހެނުން އިސް މަޤާމުތަކަށް ޢައްޔަނުކުރުމުން އަންހެނުންގެ ހިޔާލުތައް މޫސުމީ ކަންކަން ހައްލުކުރުމަށް ލިބިގެންދާނެކަމުގައި ފާހަގަކުރައްވާފައެވެ.
މިއަދުގެ ވާހަކައިގައި ޞަބްރާ ވަނީ ރާއްޖޭގައި ޖެންޑަރ އީކުއަލިޓީ ޕްލޭނެއް ނިމުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވައި އެ ޕްލޭން ނިމުމުން ސަރުކާރާއި މުޖުތަމަޢުގެ ހުރިހާ ހަރުފަތެއްގައި މި ޕްލޭނާއި އެއްގޮތަށް ކަންކަން ތަންފީޒުކުރުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ޕްލޭންގައި ހިމެނޭ ކަންތައްތައްވެސް މިއަދުގެ ވާހަކަފުޅުގައި ޞަބްރާ ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން 2025 ވަނަ އަހަރާ ހަމަޔަށް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ އަންހެނުންގެ ނިސްބަތް 40 އިންސައްތަ އިތުރުކުރުމަށް ނިންމެވުން، ޖުޑިޝަރީގައި އަންހެނުންގެ ނިސްބަތް 25 އިންސައްތަ އިތުރުކުރުން، ޑޭކެއާ ސަރވިސްތައް އިތުރުކުރުން، ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ފެށުން، ޤައުމުގެ ޑާޓާ ސިސްޓަމުގައި ހުރި ޖިންސީ އަދި އުމުރުގެ ތަފާތުކުރުންތައް ހުރި ކަންކަން މުރާޖަޢާ ކުރުން ހިމެނެއެވެ. ޞަބްރާ ވިދާޅުވީ އަންހެނުންގެ ބައިވެރިވުން އިތުރުވީ ވަރަކުން މުޖުތަމަޢުގައި ހުރި ކަންކަން ދެނެގަނެވި އެކަންކަން ހައްލުކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.
މި ފޯރަމަކީ ޔޫ.އެން ވިމެން އިން އިންތިޒާމުކޮށް، މެކްސިކޯ އަދި ފްރާންސުން ކޯ ހޯސްޓްކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ކަނަޑައަޅާފައިވަނީ އީޖާދީ ގޮތެއްގައި އަންހެނުންނާއި އަންހެން ކުދިންގެ ދައުރު ހިމެނޭނެހެން، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

ކިޔުންތެރިންގެ ހިޔާލު