ކޯވިޑް-19 ގެ މި ދަތި ޙާލަތުގައިވެސް އިސްލާމިކް މިނިސްޓްރީން އެންމެ އިސްކަންދޭ ކަމަށް ބެލެވެނީ ކުރަފަތް ޖެހުމަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިމޭރުމުން ވިދާޅުވެފައި ވަނީ، ކޯވިޑްގެ ސަބަބުން ކެފޭ ރެސްޓޯރެންޓް ފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ލޮޅުންއަރައި އެވިޔަފާރިތައް ހުއްޓުމުން ފަގީރުން އިތުރަށް ފަގީރުވެގެން ދިއުމުން އިޖުތިމާޢީ ބޮޑެތި މައްސަލަތައް އިތުރުވެގެންދާއިރު އެފަދަ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރުމުގެ ބަދަލުގައި ކުރަފަތްޖެހުން ނުވަތަ އަންހެން ކުދިން ޚިތާނު ކުރުމާމެދު އިސްލާމިކް މިނިސްޓްރީން ފަތުވާ ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެއެވެ.
ކޯވިޑްގެ މިފަހަރުގެ ރާޅާއެކު ކޯވިޑް ކޮންތްރޯލް ކުރުމަށް އިތުރަށް އެޅި ފިޔަވަޅު ތަކުގެ ތެރޭގައި ފިހާރަތައް ހުޅުވައިގެން ޚިދުމަތްދޭ ވަގުތު ކުޑަކޮށް ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ތަކުގެ އެތެރޭގައި ތިބެ ކައިބޮއިހެދުން މުޅިން ވަނީ މަނާކޮށްފައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން "ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން އިއްޔެ ވަނީ ސުލްހަވެރި ކަމާއެކު އަޑުއުފުލުމެއް ބާއްވާފައެވެ. އިއްޔެގެ އަޑުއުފުލުމުގައި އެ ސިނާއަތުގައި އުޅޭ އިސް ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށާއި، ޢާއްމުކޮށް ކުދި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުއްވާ ލައްވަމުން ބޮންޑޭ ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބިކަވާ ހިސާބުން ފަގީރުން އިތުރަށް ފަގީރުވެ ވައްކަމާ ފޭރުން އިތުރަުވާނެ ކަމަށެވެ. ނަމަވެސް މިސްކީނުންނާއި، ޔަތީމުން ދެނެގަނެ ލިސްޓު އެކުލަވާލަން މަތިކޮށްފައިވާ ވުޒާރާއިން އެކަމަށް އިސްކަންދޭ މަންޒަރު ނުފެންނަ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
"މިހާލަތުގައި މިސްކީނުންނާ ޔަތީމުން ދެނެގަނެ ލިސްޓު އެކުލަވާލަން މަތިކޮށްފައިވާ ވުޒާރާއިން މިވަގުތު އެންމެ އިސްކަންދޭ ކަމަށް ބެލެވެނީ ކުރަފަތް ޖެހުމަށެވެ." ބޮންޑޭ ވިދާޅުވެފައިވެއެވެ.
ކުރަފަތް ޖެހުން ނުވަތަ ޚިތާނުކުރުމާ ގުޅުވައިގެން އިސްލާމިކް މިނިސްޓްރީއަށް ބޮންޑޭ ފާޑު ވިދާޅުވެފައި ވާއިރު، އަންހެނުން ހިތާނު ކުރުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއަކަށް އިސްލާމިކް މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ވަނީ އެދިފައެވެ. އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކަށް އިސްލާމިކް މިނިސްޓްރީން އެދިފައި މިވަނީ، މިފަހަކަށް އައިސް އަންހެނުން ހިތާނު ކުރުމާމެދު ބައެއް ދީނީ ޢިލްމްވެރިންނާއި އަމިއްލަ ފަރުދުންގެ މެދުގައި ވަރުގަދަ ބަހުސް ތަކެއް ހިނގައި ޚިޔާލުތަފާތުވުންތަކެއް ހިނގަމުންދާތީއެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަނުން އިއްޔެ ވަނީ، ސަރުކާރުން ރެސްޓޯރެންޓްތަކަށް ދޫކުރި ރިލީފް ލޯނަށް ވެސް ފާޑު ކިޔާފައެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޫކުރި ލޯނު ލިބުނީ އެދާއިރާގެ އެންމެ ހަތަރު ވިޔަފާރިއަކަށް ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން ކެފޭ ރެސްޓޯރެންޓުތަކުން މިހާރު ފޯރުކޮށްދެވެނީ ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެވެ.

ކިޔުންތެރިންގެ ހިޔާލު