ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ބުރާސްފަތިދުވަހުން ފެށިގެން ކާފިއު ގަޑި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުއްދައަކާއި ނުލައި އާއްމުންނަށް ބޭރުގައި އުޅެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކާފިއު ގަޑިތައް ނޫން ވަގުތުތަކުގައި، އާއްމުކޮށް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތައް ހުޅުވައިގެން ކެއުން ބުއިމުގެ ޚިދުމަތް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޯވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނަކާ ނުލައި އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ. މީގެ އިތުރުން ކަރަންޓީނުވުމަކާ ނުލައި، ޖުލައި 1 އިންް ފެށިގެން 5 ދުވަހަށް ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19ގެ 2 ޑޯޒް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ލުއިދިނުމާއި ގުޅޭގޮތުން އަަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ. މިހާތަނަށް ދެޑޯޒް ވެކްސިން ޖެހިފައިވަނީ ސާޅީހަކަށް އިންސައްތަ މީހުންނަށް ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކަށް ދެޑޯޒް ދެވުމުން އެފަރާތްތަކަށް ލުއިތަކެއް ދޭނެކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް މުޅީން ހުޅުވާލައި، ދެކުނު އޭޝިޔާގެ ގައުމުތަކުން ވެސް ވޯކް ވިސާ އޮތް މީހުންނަށް ޖުލައި 1 އިން ފެށިގެން ރާއްޖެއަށް ދަތުރު ކުރެވޭނެ ކަަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ، ކުރިއަށް މިއޮތް ހަފުތާގައި އެ ސަރަހައްދުގެ ކޯވިޑްގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބުރާސްފަތިދުވަހުން ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތް ހަދައިގެން ނަމާދުކުރުމުގެ ހުއްދަ ދިނުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު