ޅ. ނައިފަރުގައި ޒުވާނަކަށް އަނިޔާކުރި މައްސަލާގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ނަައިފަރުގައި ފުލުހުން ޒުވާނަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ މައްސަލައިގައި ހިމެނޭ ތިން ފުލުހަކު ވަޒީފާއިން ވަކިކުރުމަށް އަދި ދެ ފުލުހަކު މިހާރު ހުރި ރޭންކު ދަށްކުރުމަށް މި މަހުގެ 22 ވަނަ ދުވަހު ނިންމާފައިވާ ކަމަށެެވެ.
ނަމަވެސް މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ފުލުުހުންނަށް، އެ ފިޔަވަޅު އިސްތިއުނާފުކުރުމަށް، ބަންދު ދުވަސްތައް ނުހިމަނައި ހަތް ދުވަސް ލިބޭނެކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ނައިފަރުގެ ޒުވާނަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކެއް އެ ރަށު މުންތަސީރު މުހައްމަދު ކިޔާ މީހަކަށް އަނިޔާކުރީ ފުލުހެއްގެ އަނތްބަކު މަގުމަތިން ދަނިކޮށް، ތުނބުން ފުމެ ފުރައްސާރަ ކުރި ކަމަށް ބުނެއެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ އޭރު ބަލަން ފަށާފައެވެ.
އެ މައްސަލާގައި އެ ރަށުގައި ޒުވާނުންތަކެއް ވަނީ ފުލުހުންނާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު