މާލެ އަތޮޅު ކައުންސިލްގެ ރައީސް ނިމާލް
މާލެ އަތޮޅު ކައުންސިލްގެ ރައީސް ނިމާލް
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

ނިމާލު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ.

އޭސީސީ އަށް ހާޒިރުވާން އަންގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ނިމާލަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ބ. އޭދަފުށި އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކައި، އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒަފުން ނަގާފައިވާ މައްސަލައާ ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށެވެ.

އެކަމާގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، މިއީ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ ސިޔާސީ މަސައްކަތްތަކަށް ހުރަސް އެޅުމަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން