އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީ ފޭދޫގައި 12 އަހަރުގެ ކުއްޖަކަށް ޙަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ އައްޑޫސީޓީ ފޭދޫގައި މިއަދު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ. މި މާރާމާރީގެ ރިޕޯޓް ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 13:35 ހާއިރުއެވެ.

މި މާރާމާރީގައި އަނިޔާވީ ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ. ނަމަވެސް މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ައަބްދުއްﷲ

09-Jul-2021

12 އަހަރުގެ ކުޑަ ކުއްޖާ އަކީ ރަށުތެރޭ 100 ކިލޯމީޓަރަށް ސައިކަލް ދުއްވާ ސޮރެއް. އޭނަގެ މައިންބަފައިންވެސް އޭނަޔައް ބިރުގަންނާނެ. ޑެލިވަރީބޯއި އެއް އެއީ. ހައްހައްހައް. ފިސާރި ފޭދޫ ގޮލައެއް



ޓްރެންޑިން