މިރޭގެ މެޗުގައި އިންގްލެންޑްގެ ދެވަނަ ގޯލް ހެރީ ކޭން ކާމިޔާބު ކޮށްދެނީ
މިރޭގެ މެޗުގައި އިންގްލެންޑްގެ ދެވަނަ ގޯލް ހެރީ ކޭން ކާމިޔާބު ކޮށްދެނީ
ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ހަތްވަނަ މެޗުގައި މިރޭ ވަރުގަދަ ޖަރުމަން ބަލިކޮށް، ކުއާޓަ ފައިނަލްގެ ހަތްވަނަ ޖާގަ އިނގިރޭސިން ކަށަވަރުކޮށްފިއެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ރާއްޖެގަޑިން 21:00 ގައި ކުޅުނު މެޗު އިނގިރޭސިން ކާމިޔާބު ކުރީ ދެލަނޑު ސުން ލަނޑުންނެވެ. މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގެ ފަހުން ބޮޑު މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖަރުމަނު އަތުން އިނގިރޭސިންނަށް ލިބުނު ފުރަތަމަ މޮޅެވެ.

މިރޭގެ މެޗުގައި އިނގިރޭސިންގެ ފުރަތަމަ ގޯލް ޖަހައި ލީޑު ނަގައިދިނީ ދެވަނަ ހާފްގައި ރަހީމް ސްޓާލިންއެވެ. އަދި ދެވަނަ ގޯލް ކާމިޔާބުކޮށްދީ ކުއާޓާގެ ޖާގަ އިނގިރޭސިންނަށް ކަށަވަރުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.

އިނގިރޭސިން ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މިރޭ ސްވިޑެން އާއި ޔޫކްރޭން ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން