ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ބަނީ އިސްރާއީލުންނަށްވުރެ ދިވެހިންގެ ޝަކުވާ ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކޮވިޑް ބަލިޖެހި، ރަނގަޅުވެފައިވާ ފަރާތްތަކުން ބަލި ރަނގަޅުވެ 60 ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދުން އެހެން ރަށްރަށަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް، ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ކަރަންޓީން ވުމަކާ ނުލާ ދަތުރު ކުރުމާމެދު ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާކަމަށް ރައީސް ޞާލިޙް އިއްޔެ ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އާބާދީގެ ނިސްބަތުން ގިނަވީ ނަމަވެސް، ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ދުނިޔެ ދޫކޮށްފައި ނުވުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އަދި ބަލިން ރަނގަޅުވާ މީހުން 60 ދުވަހުގެ ތެރޭގައި ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ، ބަލިޖެހި ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލީގެ ނުރައްކާ އެހެން މީހުންނަށް ނޯންނާނެ ކަމަށް ޑޮކްޓަރުން ބުނާތީ ކަމަށް އަލްހާން ވިދާޅުވިއެވެ.

ކޮންމެ ކަމެއްގައި ދިވެހިންގެ ޝަކުވާ ގިނަކަން ފާހަގަކުރަށްވައި އަލްހާން ވިދާޅުވީ، ދިވެހިންނަކީ "ބަނީ އިސްރާއީލުންނަށް ވުރެ، ޝަކުވާ ގިނަ" ބައެއް ކަމަށެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 38 ނުވަތަ 40 އިންސައްތަ މީހުން ކަމަށާއި، 75 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމުން އިތުރު ކަރަންޓީނަކާ ނުލައި ދަތުރު ކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ޜާސްޓަސް

09-Jul-2021

ބަނީއިސްރާއީލު މީހުނާއެކު އުޅުނު މީހަކަށް ހަަމަ އެނގޭނީ..



ޓްރެންޑިން