ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ނޫސްވެރިންނަށް އޮންނަ އިތުބާރު ނަގާ ނުލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުގައި އަވަށްޓެރި އިންޑިއާއާއި ދެކޮޅު ލިޔުންތައް ޝާއިޢު ކުރަމުން ދިއުމާ ގުޅިގެން ބައެއް ނޫސްތަކަށާއި، ނޫސްވެރިންނަށް ފިޔަވަޅު އަޅައިދިނުމަށް އިންޑިއާ އެމްބަސީން ދިވެހި ސަރުކާރުގައި އެދުނު ކަމަށް ބައެއް ނޫސްތަކުން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެފަދަ ނޫސްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މެންބަރު މީކާއީލްވެސް މީޑިއާ ކައުންސިލްގައި އެދިވަޑައިގަތް ކަމަށް ބައެއް ނޫސްވެރިން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅިގެން އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް މެންބަރު މީކާއީލް ވަނީ ވިދާޅުވެފައެވެ.

މެންބަރު މީކާއީލް ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއް އެއްވެސް މުއައްސަސާއަކަށް ހުށައަޅުއްވާފައި ނުވާނެ ކަމަށާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ތިއްބަވާ ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ކިބައިން ނޫސްވެރިންނަށް އެ މައުލޫމާތު ސާފު ކުރެއްވޭނެ ކަމަށެވެ.

"އަދި މީޑީއާ ކައުންސިލުންވެސް ސާފުކުރެވޭނެ. ނޫސްވެރިއަކަށްވެ ހުރެ، ނޫސްވެރިންނަށް އޮންނަ އިތުބާރު ގެއްލުވާނުލާ!" މެންބަރު މީކާއީލް ވިދާޅުވެފައިވެއެވެ.



ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހަކުން މިއަދު ރިޕޯޓްކޮށްފައިވަނީ، އިންޑިއާ ހައިކޮމިޝަނާއި، ހައިކޮމިޝަނުގެ އިސްވެރިންނާއި މުވައްޒަފުންގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގެ ނޫސްތަކާއި، މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާކަން އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެފަދަ ފަރާތްތަކަށް ފިޔަވަޅުއެޅުމަށް އެ ސިޓީގައި އެދިފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ކާފަ

09-Jul-2021

މިއީ އިންޑިއާ ގެ ސްޓޭޓެއްތަ



ޓްރެންޑިން