ޢަލީ ރަމީޒް
ޢަލީ ރަމީޒް
އޭނާ އަކީ ހަރުކަށި ފިކުރު ފަތުރައި ފަންޑު ހޯދައި މީހުން ރެކްރޫޓްކޮށް ސީރިޔާއާއި އެހެން ގައުމުތަކަށް އެފަދަ މީހުން ފޮނުވާ މީހެއް ނޫންކަމަށް ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެެ.

ޖަމިއްޔަތުލް ސަލަފުން މިރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަަވަމުން އަލީ ރަމީޒު ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާ އާއި އެހެން ގައުމުތަކަށް މީހުން ފޮނުވާ ކަމަށް ބުނެ އޭނާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެއް ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އަލީ ރަމީޒު ވަނީ މާތް ﷲ ގަންދީ އެކަން ނުކުރަށްވާކަމަށް ހުވާކުރައްވާފައެވެ.

"އަޅުގަނޑަކީ ދުވަހަކުވެސް މިހާތަނަށް އައިރު ސީރިޔާ އަށް މީހުން ފޮނުވައި ޖިހާދުކުރަން މީހުން ފޮނުވައި ދުވަހަކުވެސް މިކަހަލަ ކަމެއް ކުރި މީހެއް ނޫން، އަޅުގަނޑުމެންގެ މަސައްކަތް އެހެރީ ފެންނަން އަޅުގަނޑުގެ އަމިއްލަ ޔޫޓިއުބް ޗެނަލް އެއްވެސް އެބައިން ސަލަފުގެވެސް އެބައިން މިއީ އަޅުގަނޑުމެން ސައުވީސް ގަޑިއިރު ކުރާ މަސައްކަތް ދައުވަތުގެ މައިދާނަށް ފުންމާލީސް ސުރެ އަޅުގަނޑު ކުރާ މަސައްކަތަކީ މިއީ މި މަސައްކަތް" އިސްލާމްދީނާއި ގުޅޭ މުހިންމު ގިނަ ޕްރޮގުރާމްތަކެއް ހުށައަޅުއްވާފައިވާ އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒު ވިދާޅުވީ ޖަމިއްޔަތުއްސަލަފަކީ މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ފަންޑުކުރާ ޖަމިއްޔާއެއް ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށާއި، ސިޔާމް އެ ޖަމިއްޔާ އަށް ފަންޑުނުކުރާ ކަމަށެވެ. އެގޮތަށް ވާހަކަ ދެކެވޭ ސަބަބެއް އެނގިވަޑައިގެންފައިނުވާ ކަމަށް އަލީ ވިދާޅުވިއެވެެ.

"އަޅުގަނޑަށް ވެސް ޖަމިއްޔަތުލް ސަލަފަށް ވެސް ސަން ސިޔާމް މިވަގުތާ ހަމަޔަށް އެންމެ ލާރިއެއް ވެސް ދީފައެއް ނޯއްނާނެ، އެހެން ވާހަކަ ދެކެވޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭގޭ. ބައެއްގެ އިމޭޖް ހަޑިކޮށްލަން ވަރަށް ފަސޭހަ ޒަމާނެއް މިޒަމާނަކީ. ވަރަށް ފަސޭހައިން އެކަން ކުރެވިދާނެ." އަލީ ރަމީޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ރަމީޒު ވިދާޅުވީ އޭނާ މީހުން ރެކްރޫޓްކޮށް ސީރިޔާއަށް ނުފޮނުވާކަން އެންމެ ރަނގަޅަށް އެގޭނީ، ރާއްޖެ އާއި އެމެރިކާގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ ޖާސޫސީ އިދާރާ ތަކަށް ކަމަށެވެ. އޭނާއާއި ޖަމިއްޔަތުލް ސަލަފާ ގުޅުވައިގެން އެފަދަ ވާހަކަތައް ދައްކަނީ މައުލޫމާތުގެ ގޮތުން ވަރަށް ނިކަމެތި ބައެއް ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދައްކާ ހުރިހާ ވާހަކަތަކާއި، މީހުންނާއި ކުރާ މުއާމަލާތްތައް ޔަގީން އަޑުއަހާނެ ބަޔަކު އަޑުއަހާނެކަން. އަޅުގަނޑުމެންނަށް ނުކުރެވޭނެ އެއްވެސް މުއާމަލާތެއް އެއްވެސް ބަޔަކު އަޑުނާހާ. އެހެންވީމަ، އަޅުގަނޑު ވަރަށް ކެރިހުރެ މިދަންނަވަނީ އެގޮތަށް ކަންތައް ނުކުރާ ބައެއްކަން އެންމެ ރަނގަޅަށް އެންމެ ބޮޑަށް ސާފުވާނީ ދިވެހިރާއްޖެއާއި އެމެރިކާއާއި ދުނިޔޭގައި ހުރި އެންމެ ބޮޑެތި ޖާސޫސީ އިދާރާތަކަށް. އަޅުގަނޑުމެން އެކަން ނުކުރާކަން (މީހުން ރެކްރޫޓްކޮށް ސީރިޔާ ނުފޮނުވާކަން)." އަލީ ރަމީޒު ވިދާޅުވިއެވެެ.

ޖަމިއްޔަތުލް ސަލަފަކީ އިސްލާމް ދީނަށް ދިވެހީން ހޭލުންތެރިކޮށް ދީނީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެެވެ. އެޖަމިއްޔާގައި ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ އިލްމްވެރިން ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އަލީ

09-Jul-2021

މީހާދަ ތެދުވެރި އެކޭ ދޯ މީހުންއަތުން ފައިސާ ހޯގެން ދީން ވިއްކާ ބައެއް ތީ


-3

ހަސަން ނިހާދު

09-Jul-2021

ﷲ ކަލިމައް އުފުލަވާ ކޮންމެ މުސްލިމަކައް މެއް ﷲ ގެ މަތިވެރިއް ނިއުމައް ލައްވާޝިއް އާމީން



ޓްރެންޑިން