އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އެޅުމާ ދެކޮޅަށް ތެދުވުމަށް ސިޔާސީ ޕާޓީތަކަށް ސޭވް އައްޑޫ ކެމްޕޭންގެ ފަރާތުން ގޮވާލައިފިއެވެ.
"ސޭވް އައްޑޫ" ކެމްޕޭނަކީ އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ޤާއިމުކުރަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އައްޑޫގެ ޒުވާނުންގެ ބަޔަކު އިސްނަގައިގެން ފަށާފައިވާ ޙަރަކާތެކެވެ. މި ހަރަކާތުގައި އައްޑޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އިލްމީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް ބައެއް ވަޒީރުންނާއި އެދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ އައްޑޫގައި ކޮންސިއުލޭޓް އެޅުމަށް ތާއިދުކޮށް ވާހަކަ ދައްކަވަމުންނެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަކީ އައްޑޫއަށް ވިޔަފާރީގެ ކުރިއެރުންތަކާ އެކިކަހަލަ ތަރައްގީތަކާއި ފަސޭހަތަކާއި މަންފާ ލިބޭނެ ކަމެއް ކަމަށް އެ ފަރާތްތަކުން ސިފަކުރެއެވެ.
ސޭވް އައްޑޫ ޙަރަކާތުން 9 ސިޔާސީ ޕާޓީއަކަށް މިއަދު ފޮނުވި ސިޓީތަކުގައި ބުނެފައިވަނީ، ބޭރުޤައުމުތަކުގެ އަސްކަރީ ނުފޫޒެއްނެތި ޤައުމުތަކާއި ގުޅިގެން ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް އެ ޙަރަކާތުން މަރުޙަބާ ކިޔާ ކަމަށެވެ. ނަމަވެސް ބޭރު ޤައުމުތަކުގެ އަސްކަރީ ބާރުތަކުން އެކިނަންނަމުގައި ދިވެހިރާއްޖޭގައި ޤާއިމުވެ ތިބުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިއުމަށް މަގުފަހިވާ ކަމެއް ކަމަށާއި، އެފަދަ ބޭރުގެ އަސްކަރީ ބާރުތަކުން ރާއްޖޭގައި ހަރަކާތްތެރިވުމަކީ އެ ޙަރަކާތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ވަނީ ބުނެފައެވެ.
"ސޭވް އައްޑޫ" ހިންގުމުގައި އިސްކޮށްއުޅޭ ފަރާތްތަކުން އެދިފައިވަނީ، އެ ހަރަކާތުގައި ބައިވެރިވެ ދިވެހިރާއްޖޭގެ ދިފާޢީ ބާރާއި ބޭރުގެ އަސްކަރިއްޔާތަކާއި ދެމެދު މިހާރު ހަދާފައިވާ އެއްބަސްވުންތަކުގައިވާ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާވާ އެއްބަސްވުންތައް މުރާޖާކޮށް އަލުން އެކުލަވާލުމަށް ކަމާއިބެހޭ ފަރާތްތަކަށް ބާރުއެޅުމުގައި އެހީތެރިވެދިނުމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ނިންމުމާމެދު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ކޮންސިއުލޭޓް އެޅުމަކީ އިންޑިޔާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އިންޑިޔާއިން ދިވެހި ސަރުކާރާ މުއާމަލާތްކޮށްފައިނުވާ ކަމަށާއި، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިޔާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު، އެގައުމުގެ ޓްރިވެންޑްރަމުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުންނަކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ އެކަމަކީ ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އަދި އެކަމުގައި އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކަވާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

Request to all the Political Parties to join our movement #saveAddu and raise voice against Military Influence pic.twitter.com/pvAVe2OUTO
— #SaveAddu 🇲🇻 (@SaveAddu) July 1, 2021
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ނިންމުމާމެދު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ކޮންސިއުލޭޓް އެޅުމަކީ އިންޑިޔާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އިންޑިޔާއިން ދިވެހި ސަރުކާރާ މުއާމަލާތްކޮށްފައިނުވާ ކަމަށާއި، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިޔާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު، އެގައުމުގެ ޓްރިވެންޑްރަމުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުންނަކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ އެކަމަކީ ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އަދި އެކަމުގައި އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކަވާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު