ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
އިންޑިއާ އާއި ދެކޮޅަށް ރާއްޖޭގައި މިހާރު ހިންގަނީ ސިޔާސީ ޙަރަކާތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގޭ ހަރަކާތްތަކާއި ދެކެވޭ ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ މީޑިއާއާއި މީސްމީޑިއާގައި އިންޑިއާއާއި ދެކޮޅަށް ދެކެވޭ ވާހަކަތަކާއި ލިޔާ ލިއުންތަކަށް ފިޔަވަޅު އަޅައިދިނުމަށް ސަރުކާރުގައި އެދިފައެވެ.

ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އިންޑިއާ އާއި ދެކޮޅަށް ހިންގާ ޙަރަކާތާ ގުޅިގެން މެންބަރު ނިހާދު މިއަދު ވިދާޅުވީ، އިންޑީއާއާއި ދެކޮޅަށް ހިންގަނީ ސިޔާސީ ޙަރަކާތެއް ނޫން ކަމަށާއި، އެ ޙަރަކާތުގެ ސަބަބުން ގެއްލުންވާނީ ދިވެހިންނަށް ކަމަށެވެ.

"އަވަށްޓެރި އިންޑިއާ ސަރުކާރުގެ ވެރިންނާއި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑިޕްލޮމެޓުންނަށް އަމާޒުކޮށް ހިންގާ ފިތުނަވެރި ދޮގު ހަރަކާތްތަކާއި ދެމުންގެންދާ އިންޒާރަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން! އެއީ ސިޔާސީ ކަމެއް ނޫން! ގެއްލުން ލިބޭނީ ގައުމާއި ނިކަމެތި ރައްޔިތުންނަށް!" އިންޑިއާގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވިއެވެ.



އިންޑިއާއާއި ދެކޮޅަށް ބައެއް ނޫސްތަކުން ފަތުރަމުން ގެންދާ ޚަބަރުތަކާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާއި ގުޅޭގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމަތަކެއްގައިކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި އަދި ބޭއަދަނީ ވާހަކަތައް ހުއްޓަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް މީޑިއާ ކައުންސިލްގައި އެދިވަޑައިގެންނެވި މައްސަލާގައި ނޫސްވެރިންގެ ނުރުހުން ވަނީ ރޮޒައިނާއަށް އަމާޒުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްވެސް ވަނީ އިންޑިއާ ހައިކޮމިޝަނާއި ގުޅޭގޮތުން ދައްކާ ވާހަކަތާއި މެދު ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

ޝަރީފް ވިދާޅުވީ ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި އިންޒާރުތައް، މަޖިލީހުގެ ޚާރިޖީ ގުުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން ކުއްވެރިކުރަށްވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ތަހުޤީޤްކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބޭ ބޭރު މިޝަންތަކުގެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން