ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ފުލުފުލުގައި ދެ ފިޔަވަޅު އަޅައިފިއެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޚިޔާލުތަކާ ގުޅިގެން ޝައިޚް ޒައިދަށް ފިޔަވަޅު އަޅާފައިވާއިރު، ހަމަ އެފަދަ މައްސަލައެއްގައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އިއްޔެގެ ވަގުތެއްގައި ވަނީ އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފައެވެ.

ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ، އެމްއެންޔޫގައި އޮންނަނީ ފިޔަވަޅު އެޅުމުގެ ފަސް މަރުޙަލާއެއް ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ދެ ފިޔަވަޅު އޭނާއާމެދު މިއަދު އަޅާފައިވާ ކަމަށެވެ.

"އެމްއެންޔޫގަ އޮންނަނީ 5 ފިޔަވަޅު! އެއީ އަނގަބަހުން ނަސޭހަތްދިނުން، ލިޔުމުން ނަސޭހަތްދިނުން، އިންޒާރު، ސަސްޕެންޝަން އަދި ކަނޑާލުން. ކޮށްފައިވާ ޓްވީޓުތަކާ ގުޅިގެން ބާރު ސްޕީޑުގައި މިތަނުން 2 ފިޔަވަޅު އަޅުގަނޑަށްވެސް އަޅާފައިވަނީ!" ޝައިޚް ޒައިދު ވިދާޅުވެފައި ވެއެވެ.



ޒައިދު ވިދާޅުވީ، ވަކީލު ކުރަނީ މާތްﷲ އަށް ކަމަށާއި ބިރުވެތި ވަނީވެސް އެކަލާނގެއަށް ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމަގާމުން ވަކިކުރުމުން އޭނާގެ ގާތް ރަޙުމަތްތެރިޔާ ޝައިޚް ޢަލީ ޒައިދު އިއްޔެ ވިދާޅުވީ، ވަޒީފާ ގެއްލިގެން ޑރ. އިޔާޒަށް ގުޑުންއަރާނެ ކަމަށް ލާދީނީ މީހުން ހީކުރާނަމަ އެއީ ކުށްހީއެއް ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އިޔާޒްގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ޑރ. އިޔާޒް އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ ކަމަށާއި، ދެން މައްސައްކަތް ފަށްޓަވާނީ ދެގުނަ ބާރަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޠޫން

09-Jul-2021

ކުރާ މަސައްކަތެއް ކުރައްވަންވާނީ ވެރިންނަށް ރައްތިތުންނަށް ވިސްނޭނެ ގޮތަކަށް އިހުތިރާމާއި އެކު, ރަގަޅު ބަހުރުވަބޭނުން ކޮއްގެން މީހުނަށް ވިސްނޭގޮތަށް ,ޤަބޫލުނުކުރާމިހާއަށް ރައްދުދޭނީ އިލްމުވެރިންހެން ނަދޭހަތްދެމުން ޒާތީ ކަންކަމާ ނުބެހި, ވެރިންނަށްވެސް ކިޔަމަންވަމުން


-2

އާދިލު

09-Jul-2021

އަތުންފެހުނު އަލްޝިގަޑުލޮލައް


5

ސަނި

09-Jul-2021

ހޭބަލިވެގެން ތެޅެންފެށީ ސީރިޔާއިން އެތިކޮޅެއްނުލިބިގެންހެން ހީވަނީ



ޓްރެންޑިން