ޢަލީ ރަމީޒް
ޢަލީ ރަމީޒް
މުސްލިމުންނާމެދު ދޮގު ޚަބަރު ފެތުރުމަކީ މުނާފިޤުންގެ އެންމެ ޢާއްމު މަސައްކަތް ކަމަށް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޢަލީ ރަމީޒް މީގެކުރިން ވިދާޅުވެފައިވަނީ، ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާއާއި އެހެން ގައުމުތަކަށް މީހުން ފޮނުވާ ކަމަށް ބުނެ އޭނާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެއް ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އަލީ ރަމީޒު ވަނީ މާތް ﷲ ގަންދެއްވައި އެކަން ނުކުރަށްވާކަމަށް ހުވާކުރައްވާފައެވެ.

އޭނާއާއި ގުޅޭ ގޮތުން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވަމުން ޢަލީ ރަމީޒް މިއަދު ވިދާޅުވީ، މުސްލިމުންނާ ބެހޭގޮތުން ބުހުތާނު ދޮގު ފަތުރައި އެބައިމީހުންގެ އަބުރު ކަތިލުމަކީ މުނާފިޤުންގެ އެންމެ މައިގަނޑު މަސައްކަތް ކަމަށެވެ.



އަލީ ރަމީޒު ވިދާޅުވީ އޭނާ މީހުން ރެކްރޫޓްކޮށް ސީރިޔާއަށް ނުފޮނުވާކަން އެންމެ ރަނގަޅަށް އެގޭނީ، ރާއްޖެ އާއި އެމެރިކާގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ ޖާސޫސީ އިދާރާ ތަކަށް ކަމަށެވެ. އޭނާއާއި ޖަމިއްޔަތުލް ސަލަފާ ގުޅުވައިގެން އެފަދަ ވާހަކަތައް ދައްކަނީ މައުލޫމާތުގެ ގޮތުން ވަރަށް ނިކަމެތި ބައެއް ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

ޖަމިއްޔަތުލް ސަލަފަކީ އިސްލާމް ދީނަށް ދިވެހީން ހޭލުންތެރިކޮށް ދީނީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެެވެ. އެޖަމިއްޔާގައި ރާއްޖޭގެ މަޝްހޫރު ގިނަ ދީނީ އިލްމްވެރިން ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން