ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ކ) އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ވ)
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ކ) އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ވ)
އަމިއްލަ އެދުން ބޮޑު ވިއަސް ތީ ބޮޑުވަރު ކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ދެކޮޅަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނަށް ރައްދު ދެއްވަމުން މެންބަރު މޮސްޓާ ވިދާޅުވީ، ޚާރިޖީ ވުޒާރާގައި މިއަދު ތިއްބެވި ބޭފުޅުންނަށް މީގެ ކުރިން ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތައް މުހިއްމު ނުވީ ކީއްވެގެންކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާ ސައުދީ އަރަބިއްޔާގެ ގުޅުމަށް ބުރޫ އެރިއަސް ހެޔޮ ކަމަށް އަމިއްލަ ފައިދާއަށް އެދެ އެމްބަސީއާ މުހާތަބުކޮށް ނުގޮވާކަ އެއްޗެއް ނެތް ކަމަށް މޮސްޓާ ވިދާޅުވިއެވެ.

އިތުރަށް މޮސްޓާ ވިދާޅުވީ "އަމިއްލަ އެދުން ބޮޑު ވިއަސް ތީ ބޮޑުވަރު" ކަމަށެވެ.



ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށާއި އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތްތަކަށްވެސް އުނދަގޫވާކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ހައިކޮމިޝަނުން އެދިފައިވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދޭދޭ ޤައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ޚާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ވީމާ، އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި އަޑުއުފުލުން އިތުރުވެފައިވަނީ މިސަރުކާރާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުންދާކަމަށް ބުނެއެވެ. އެގޮތުން އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ކުޑަ ޑޯނިއާ މަތިންދާބޯޓު ބެލެހެއްޓުމާއި ދުއްވުމުގެ ނަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައާއި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަން ނިންމާފައިވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން