ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދީފައިވާ ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުޤީޤުގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި އައްބާސް ފާއިޒް އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ، ރައީސް އޮފީސްތެރޭ މީހަކު ބަހައްޓައިގެން މިނިވަން ޕީޖީއަށް އެއްވެސް ނުފޫޒެއް ފޯރުވުމަކީ ޤާނޫނު އަސާސީގެ 220 ވަނަ މާއްދާއާއި ޚިލާފު ކަމެއް ކަމަށެވެ. ޤާނޫނު އަސާސީގެ 220 ވަނަ މާއްދާގައި ބުނެފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލަކީ، މަސްޢޫލިއްޔަތު އަދާ ކުރުމުގައްޔާއި، ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާގޮތަށް ކަންކަން ކުރާ މީހަކަށް ވެގެންނުވާނެކަމަށެވެ.

"އައްބާސް ފާއިޒު ވަގުތުން އަނބުރާ ފޮނުވާލަންޖެހޭ.. ވެރިކަން ހިންގަން ނޭގުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑުބިރެއް." މަލީޙް ވިދާޅުވެފައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަނުކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.

ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ފާއިޒަކި އޭނާ މަގާމުގައި ހުންނެވިއިރު ވަކިބަޔަކަށް ފަހިވާ ގޮތަށް ރާއްޖޭގެ މައްސަލަ ތަކުގައި ސިޔާސީ ބަޔާންތައް ނެރުއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަދުރޭ

09-Jul-2021

ހޫނ. ހޫނ. މިގެނައީވެސް ކުރިން ރީނދޫ ބައިގަނޑަށް މަންފާތަކެއް ހޯދައިދީފަ ހުރި މީހަކުދޯ. މިނޫން ގޮތަކަށް އެއްކަމެއްވެސް އެބަކުރޭތަ. އިޚްލާޞްތެރިކަމުގެ ކުނޑި ފުކެއްވެސް ނެތް!!!!!!



ޓްރެންޑިން