ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
އެމްޑީޕީގެ އަނދިރި އެޖެންޑާގެ އަޞްލު ސިފަ ފެންނަން ފަށައިފި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުން ދާދިފަހުން ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ވަކިކޮށްފައިވާތީ، އެކަމަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ވިދާޅުވީ މިފެންނަނީ އެމްޑީޕީގެ އަނދިރި އެޖެންޑާގެ އަސްލު ސިފަ ކަމަށެވެ. އަދި ސަރުކާރުން ކަމެއްގައި ފިޔަވަޅު އަޅަން ބޭނުން ވެއްޖެނަމަ ލަސްނުކޮށް ފިޔަވަޅު އެޅޭކަން ޑރ. އިޔާޒް ވަކިކުރަން ނިންމި ނިންމުމުން އެނގޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. ޖަމީލް ވިދާޅުވީ، ސަރުކާރުގެ މުނާފިޤް ސިޔާސަތު ފެންނަން ފަށައިފިކަމަށާއި، މި ސަރުކާރަށް ހަރުކަށިވަނީ ހަމައެކަނި ދީނީ ޢިލްމުވެރިން ކަމަށެވެ.

"އެކަމަކު ކޮންމެ ދުވަހަކު އެމްޑީއެން މީހުންނަށް އަދި އެ ފިކުރަށް އިތުރު ފުރުޞަތު ދެނީ." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.



ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، އެމްއެންޔޫގެ ޗާންސެލަރ އާއި، އިސްލާމިކް ޔުނިވަރސިޓީ އަކީ ސަރުކާރުގެ ގޮނޑިކޮއްކޮ ބައެއް ކަމަށެވެ. އަދި ޤައުމީ ދެ ޔުނިވަރސިޓީގައިވެސް ޢިލްމީ ގޮތުން އިސްލާމީ މައްސަލަތަކުގައި ބަހުސްކުރަން ޖާގަނުދޭން އެމް.ޑީ.ޕީން ވަނީ ގަދައަށް ހިފާފައި ކަމަށް ޑރ. ޖަމީލް ތުހުމަތު ކުރެއްވިއެވެ.

"މިފެންނަނީ އެމްޑީޕީގެ އަނދިރި އެޖެންޑާގެ އަޞްލު ސިފަ." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ނަފްރަތު އުފެއްދުން މަނާކުރާ ބިލާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުންދާއިރު އެ ބިލު އަނބުރާ ގެންދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަން ސަރުކާރާއި މަޖިލީހުގެ އަމަލުތަކުން ހާމަވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެކަމާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި ދެކޮޅަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފިއްތުންތައް ކުރިމަތިކުރުވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިގޮތުން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އިޔާޒާމެދު ގައުމީ ޔުނިވަރސިޓީން އެޅި ފިޔަވަޅަކީ އެފަދަ ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން