ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ނަފްރަތުގެ ބިލާ ދެކޮޅަށް މުޅި ޤައުމު ތެދުވަން ޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކުގެ ސަބަބުން އޭނާ ވަޒީފާ އަދާކުރާ ޤައުމީ ޔުނިވަރސިޓީން ސުލޫކީ ދެ ފިޔަވަޅު އަޅާފައިވާ ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ، ޤާނޫނުލް އުގޫބާތަށް ސަރުކާރުން މިހާރު ހުށައަޅާފައިވާ އިސްލާޙަކީ، އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފަށް ދަމާލާ ރަތް ރޮނގެއް ކަމަށެވެ. އެ އިސްލާޙަކީ އިސްލާމީ ޙުކުމްތަކަށް ޝައްކު އުފައްދާ ޤައުމު ބައިބައިވާ ގޮތަށް މަގުފަހިވާ ބިލެއް ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

"ނަފްރަތުގެ ބިލާ ދެކޮޅަށް މުޅި ޤައުމު ތެދުވަން ޖެހޭ.. ބިލް އިސްލާޙް ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ބަސް އަހަންޖެހޭ." ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.



ޝައިޚް ޢަލީ ޒައިދަށް ތާޢީދު ކުރަށްވަމުން ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަޤާމުން ދާދިފަހުން ވަކިކޮށްފައިވާ ޑރ. އިޔާޒް މިއަދު ވިދާޅުވީ، އެ ބިލަކީ ޝައިތާނީ ބިލެއް ކަމަށާއި، އެ ބިލް އިސްލާޙު ނުކޮށް ފާސްކުރުމަށް މަޖިލީހުގައި ތިބި ހަރުކަށި ލާދީނީ ފިކުރުގެ މެންބަރުން ވަރަށް މަސައްކަތް ކުރާ ކަމަށެވެ.

ޑރ. އިޔާޒް މި ބީދައިން ވިދާޅުވީ ނަމަވެސް އެބިލް ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ބިލަށް ބަދަލުތަކެއް ގެނަސް، އިސްލާމިކް މިނިސްޓްރީން ބިލަށް ގެންނަން ބޭނުންވި ބައެއް އިސްލާޙްތައް ބިލްގައި ހިމަނާފައެވެ.

އެގޮތުން ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ނަމަވެސް އެ މާއްދާ އުނިކުރުމަށް ކޮމިޓީން ވަނީ ނިއްމާފައެވެ. މީގެ އިތުރުން ވަކި މީހަކީ ކާފަރުވެ މުރުތައްދުވެފައިވާ މީހެކޭ ބުނުން ކުށަކަށް ހަދަން ހުށަހެޅި މާއްދާ ވެސް އިސްލާހުކޮށްފައިވާއިރު ވަކި ހާލަތެއްގައި އެގޮތަށް ބުނެވިދާނެކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެއީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ބުނެ ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ވުން ކަމަށް ކޮމެޓީގެ ނިއްމުމުގައި ބުނެފައިވެއެވެ. އެ މާއްދާގައި ބުނާ މުރުތައްދު ނުވަތަ ކުފުރުގެ އަމަލަކީ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެފައި ހުންނަ ކަންކަމަށް ވާން ޖެހޭނެކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައެެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ކޮމެޓީން ނިންމާލައިފައިވާއިރު، ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅައި އެބިލް ފާސްކުރުމާއިމެދު ގޮތެެއް ނިއްމާނީ މަޖިލީހުގެ ތަޅުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ދޮންބެ

09-Jul-2021

ކަލޭގެތިޔަވާހަކަޔައްއިޖާބަދީހަދާނީކަލޭކަހަލމުޔަމީހުނ



ޓްރެންޑިން