މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
ވަކި ވެރިކަމެއް އައުމުން މިނިވަން ގަލަންތަކުގެ ދެލި ހުސްވެއްޖެކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ދެކޮޅަށް ރާއްޖޭގެ ބައެއް ނޫސްތަކުން ޚަޤީޤަތާއި ޚިލާފު ޚަބަރުތައް ފަތުރަމުންދާކަމަށް ބުނެ، އެފަދަ ޢަމަލުތައް ހުއްޓާލުމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިއްޔެވަނީ ގޮވާލާފައެވެ. އޭގެ އިތުރުން ބައެއް ނޫސްތަކާއި ނޫސްވެރިންގެ ނަމާއެކު، އެމްޑީޕީންވެސް ވަނީ ބަޔާނެއް ނެރެ ނޫސްވެރިންނަށް ބިރު ދެއްކުމުގެ އަމަލެއް ހިންގާފައެވެ.

ނޫސްވެރިންނަށް ބިރު ދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެއްވެސް ބަހެއް ނުބުނާ ކަމަށްބުނެ އެމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މެންބަރު ސަޢީދު ވިދާޅުވީ، އެ ޖަމިއްޔާގެ އަޑަކީ ގަންނަ ބިރަށް ކެނޑޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އޭގެ އިތުރުން ލިބިފައިވާ ޢިލްމާއި ތަޖްރިބާއަށް އިޙްތިރާމް ކުރުމަށް ސަޢީދު ވަނީ އެމްޖޭއޭގެ ހިންގާކޮމިޓީއަށް ގޮވާލަށްވާފައެވެ.

"ވަކި ބަޔަކު ވެރިކަމަށް އައީމަ މިނިވަން ގަލަންތަކުން ދެލި ހުސްވުމަކީ ޑިމޮކްރަސީ އަށްކުރާ މަލާމާތެއް." ސައީދު ވިދާޅުވިއެވެ.

މީޑިއާތަަކަށް ތަފާތު އިންޒާރުތައް އަންނަން ފަށާފައި މިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފުންނާއި ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ފަތުރާ ކަމަށް ބުނެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅައިިދިނުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ސަރުކާރުގައި އެދިފައެވެ.

އަދި އެމްޑީޕީންވެސް ވަނީ ނޫސްވެރިން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. މީގެއިތުރުން ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ފޮރިން މިނިސްޓްރީންވެސް ވަނީ މިކަމުގައި އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިމައްސަލައިގައި ވަކި އެއްޗެއް އަދި ވިދާޅެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން