ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ރާއްޖޭގެ ނޫސްތަކުގައި ލިޔާ ލިޔުންތައް ޤާނޫނުތަކާ ޚިލާފުވޭތޯ ބަލާނީ ދިވެހި ރައްޔިތުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސެއިން މިމޭރުމުން ވިދާޅުވެފައި މިވަނީ، އިންޑިއާއާއި ދެކޮޅަށް ބައެއް މީޑިއާތަކުން ޙަޤީޤަތާ ޚިލާފު ޚަބަރު ފަތުރަމުންދާ ކަމަށް ބުނެ، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ފޮރިން މިނިސްޓްރީން އިއްޔެ އިލްތިމާސްކޮށްފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީން އެފަދަ ބަޔާނެއް ނެރެފައިވަނީ، އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދުމާ ގުޅިގެންނެވެ. ހައި ކޮމިޝަނުން އެކަމަށް އެދި ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށާއި އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައިކޮމިޝަންގެ މަސައްކަތް ތަކަށްވެސް އުނދަގޫވާކަމަށެވެ. އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ހައިކޮމިޝަނުން އެދިފައިވެއެވެ.

އެކަމާ ގުޅިގެން މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ގައުމެއް ކަމަށާއި، ރާއްޖޭގެ ނޫސް މަޖައްލާތަކުގައި ޝާއިޢުކުރާ ލިޔުންތައް ޤާނޫނަކާ ޚިލާފުވޭތޯ ކަނޑައަޅަންވެސް ވާނީ ދިވެހިން ކަމަށެވެ.

އޭގެ އިތުރުން ޢަލީ ޙުސައިން ވިދާޅުވީ، "ބޭރު ޤައުމެއްގެ ނުފޫޒު ދައުލަތުގެ ހިންގުމުގެ ތެރެއަށް ވަދެގެން ނުވާނެ" ކަމަށެވެ.



މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ކޮންމެ މީހަކަށްވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭނެ ކަމަށެވެ. އަދި އެބާރު އިމުގެ ތެރޭގައި ބޭނުން ކުރާ ހިނދަކު އެއްވެސް މީހަކަށް ފިޔަވަޅުއަޅައި އަދަބު ދެވިގެން ނުވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. މީގެއިތުރުން ވަކިބައެއްގެ ނުރަނގަޅު ނުފޫޒުގެ ދަށުގައި މުއައްސަސާތައް އޮތުން ބަލައި ނުގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި އަޑުއުފުލުން އިތުރުވެފައިވަނީ މިސަރުކާރާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުންދާކަމަށް ބުނެއެވެ. އެގޮތުން އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ކުޑަ ޑޯނިއާ މަތިންދާބޯޓު ބެލެހެއްޓުމާއި ދުއްވުމުގެ ނަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައާއި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަން ނިންމާފައިވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކިނބޫ

09-Jul-2021

އެންމެ ފަހުން ތިބާ އަނގައިންވެސް ތިހެން ބުނެވިއްޖެތާ! ކުރިން ތިހެން ބުނާ މީހުނަށް ދެރަބަސް އުކައި މިތިބަ އަނިޔާވެރިންނަށް ބާރު ހޯދަދޭން ގަދައެޅި ހަނދާން އެބަހުރިތޯ! ހެޑިންގަ "ޣައްދާރުން" ޖަހާ ހަދާ ލިސްޓުގަ އާޒިމް މެންގެ ނަމުގެ މާފަހަތުންނަމަވެސް ތިބާމެންފަދަ އެންމެންގެ ނަން ލިޔެވެން ޖެހޭ! ދިވެހިންގެ ހައްގު ގެއްލި ދިއުމަށް މެދުވެރިވި ތިބާމެނަށް މަގޭ ހިއްސާގެ އަގު ހޯދަން އިންސާފުގެ ދަރުބާރުގައި އެދޭނަން. ތިބާމެން އެދުވަހުން މިނިކަމެތިންނަށް އަގު އަދާކުރުން މަޖުބޫރުވާނެ. މިއަދު އެއްޗެއް ވިސްނޭހެން އެބަހީވޭ. އެކަމަކު މާފަށް ނޭދޭހާހިނދު މާފެއް ނުކުރާނަމު! އެއަށްވުރެ މާބޮޑު އަނިޔާއެއް ދީގެން ތިތިބީ.


7

ރިޔާޒުބެ

09-Jul-2021

ހާދައަވަހަކަށް އެމީހުން ރޭރުވީ



ޓްރެންޑިން