ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
މާދަމާ ހުވާކުރާ ރައީސްވެސް އިންނަވާނީ ދެގައުމުގެ ވެރިންގެ އުނގުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ދެކޮޅަށް ރާއްޖޭގެ ބައެއް ނޫސްތަކުން ޚަޤީޤަތާއި ޚިލާފު ޚަބަރުތައް ފަތުރަމުންދާކަމަށް ބުނެ، އެފަދަ ޢަމަލުތައް ހުއްޓާލުމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިއްޔެވަނީ ގޮވާލާފައެވެ. އެކަމާ ގުޅިގެން ދަޢުލަތުގެ ހިންގުންވަނީ، އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އަމިއްލަ ވަންތަކަމާއެކު ބަސްބުނުމުގެ ފުރުސަތު ދިވެހި ދަޢުލަތަށް އޮންނަންވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ދިވެހި ދަޢުލަތުގެ މައްޗަށް އިންޑިއާގެ ނުފޫޒު ގަދަވެފައިވާކަމަށް ބުނެ ދައްކަމުންގެންދާ ވަހާކަތަކަށް ރައްދު ދެއްވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ، ދިވެހި ސަރުކާރާއި، ރައްޔިތުންވެސް އިންޑިއާއާއި ރުޅި ނޫން ކަމަށާއި، އަދި ޗައިނާއާވެސް ރުޅި ނޫން ކަމަށެވެ.

މޫސަ ވިދާޅުވީ ވެގެން އުޅޭ ގޮތަކީ، "2012 ގައި ވެރިކަން ވައްޓަން ޖެހި ރޯނެއްގައި އެއިރު ގައުމު ހިންގަންތިބި ބަޔަކު ޖެހުނީމަ، ވެރިކަން ވައްޓަން އެ އުކުޅު ބޭނުންކުރަނީ" ކަމަށެވެ. އަދި މާދަމާ ހުވާކުރާ ރައީސްވެސް އިންނަވާނީ ދެގައުމުގެ ވެރިންގެއުނގުގައި ކަމަށް މޫސަ ވިދާޅުވިއެވެ.



ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފުންނާއި ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ފަތުރާ ކަމަށް ބުނެ ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅައިިދިނުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ސަރުކާރުގައި އެދިފައެވެ.

އެކަމާ ގުޅިގެން ސަރުކާރު ހިންގާ އެމްޑީޕީންވެސް ވަނީ ނޫސްވެރިން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. މީގެއިތުރުން ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ފޮރިން މިނިސްޓްރީންވެސް ވަނީ މިކަމުގައި އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން