މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެމަޤާމުން ވަކިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީޕީ ނަވީން މިހާރު ހުންނެވި މާލޭ އޭރިޔާގެ ކޮމާންޑަރުކަމުން ވަކިކުރުމަށްފަހު އޭނާ ބަދަލުކޮށްފައިވަނީ، ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަޤާމަށެވެ. ނަވީން މަޤާމުން ވަކިކުރި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަނު ކުރައްވާފައިވާއިރު, ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.
ނަވީން މަޤާމުން ވަކިކޮށްފައިވާއިރު ރައީސް ނަޝީދަށް 6 މެއިގައި ދިން ޙަމަލާއާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އިސްމަޤާމުތަކަށް ގެންދަނީ ބަދަލުތަކެއް ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު