މާލޭ މަގުމަތީގައި ޖިންސީ އެދުން ފުއްދަނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ބަރަހަނާ ޙާލުގައި މަގުމަތީގައި ޖިންސީ އެދުން ފުއްދަނިކޮށް ދިވެހި ފިރިހެނަކު މި ޖުލައި މަހުގެ 2 ވަނަ ދުވަހު 16:13 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ލޮނުޒިޔާރަތް މަގުގައި ޕޭވްމެންޓް މަތީ އޮށޯވެގެން އޮވެ އަމިއްލައަށް ޖިންސީ އެދުން ފުއްދަނިކޮށެވެ.

އެ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު