ދެކުނުގެ ރަށެއްގައި ކުޑަކުދިންތަކަކަށް ހަށިވިއްކި އަންހެނެއް މިއަދު ރަށުން ބާލައިފިއެވެ،

ދެކުނުގެ ރަށެއްގައި ހިނގާފައިވާ މި ޙާދިސާގައި މެދުޢުމުރުގެ އެ އަންހެންމީހާ ވަނީ ގިނަ ޢަދަދެއްގެ ކުޑަކުދިންނަށް ހަށި ވިއްކާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެ އަންހެންމީހާ އަކީ މަސްތުވާތަކެތިވެސް ބޭނުންކުރާ މީހެއްކަމަށާއި، އޭނާ ހަށިވިއްކާ މައްސަލަ ފެންމަތިވުމުން އެރަށު އަންހެންވެރިން ނުކުމެ މިއަދު ވަނީ އެމީހާ ރަށުންބޭލުމަށް އެދި ކައުންސިލް އިދާރާއަށް ހުށައަޅާފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން ރަށު ކައުންސިލުން ވަނީ އެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި، ފުލުހުންނަށް ހުށައަޅާފައެވެ.

މިހާރު ފުލުހުންގެ ޙިމާޔަތުގައި އެ އަންހެން މީހާ ރަށުން ބާލާފައި ވާއިރު، މިކަމާގުޅޭ މަޢުލޫމާތު ފުލުސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު