ޝަހީދު ޙުސައިން އާދަމް ބިލްޑިންގް | ފޮޓޯ: ޕޮލިސް މީޑިއާ
ޝަހީދު ޙުސައިން އާދަމް ބިލްޑިންގް | ފޮޓޯ: ޕޮލިސް މީޑިއާ
ރަޙުމްކުޑަކޮށް މަރާލާފައި ވަނިކޮށް ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށާއި، ނަމަވެސް ރިޕޯޓް އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑުރަމަށް މިމަހުގެ 5 ވަނަ ދުވަހު ހެނދުނު 10:15ގައި މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ ފޮނުވާފައެވެ. ފުލުހުން ބުނީ އެކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށާއި، ނަމަވެސް ރިޕޯޓް ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް 13 ދުވަސް ވަނީ އިތުރުކޮށްފައެވެ. އަދި މައްސަލާގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ)، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން