މުލިއާގެ
މުލިއާގެ
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލީއާގެ ދޮށަށްގޮސް ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި އަނެއް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ޖަހައިދީފައެވެ. އެމީހާގެ ބަންދު މުއްދަތު ޖަހާފައި ވަނީ އިއްޔެ އެވެ. އޭނާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާއެވެ.

އިންޒާރުދިން ދެ މީހުން މުލިއާގެ ކައިރިއަށް ދިޔައީ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެންނެވެ. އެމީހުން އިންޒާރުދިނީ އެ ފޮށިގަނޑުގައި ބޮމެއް އޮތް ކަމަށް ބުނެއެވެ. އެ އިންޒާރާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެމީހުން ގެންގުޅުނު ސާމާނުތަކާއި އެ ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު، އެ ދެ މީހުން ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން