ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މި ހިނގާ ޖުލައި މަހުގެ 5 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަަަކަށް ނުވުމެވެ. އަދި ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި ވިޔަފާރި ކުރުމަށް ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށްވުމުން ދައުލަތުގެ އެކިއެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެން އާލާތްތަކެއް ތައާރަފް ކުރެވިފައިވުމާއެކު ރެވެނިއު ސްޓޭމްޕުން ލިބޭ އާމްދަނީ ދަށްވަމުންދާތީ ސްޓޭމްޕް ޕްރިންޓް ކުރުމަށް ހިނގާ ޚަރަދަށް ނިމުން ގެނައުމަކީވެސް ބިލް ހުށައެޅުނު މަޤްސަދެކެވެ. މި ބިލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަންދާޒާވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މި މަސައްކަތަކީ ވިޔަފާރިވެރިންނަށާއި އާދައިގެ އެހެނިހެން ކަންތައްތަކުގައި ރާއްޖޭގެ ޚިދުމަތްތަކަށް އެދޭ މީހުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މަޖިލީހުން ފާސްކުރި ބިލެކެވެ.

ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން މަޖިލީހުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. ދައުލަތުގެ ގިނަ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމަށް އަމަލު ކުރަން ފެށީ އެކަމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވައިލުމަށް ފަހު 1970 ވަނަ އަހަރުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން