ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ
ރައީސް ޞާލިޙަށް އެމްޑީޕީގެ އެންމެ "އިސް ލީޑަރު" ގެ ގޮތުގައި މުހާތަބު ކުރަން ބަޔަކު ބޭނުން ނުވިނަމަވެސް އެއީ މިއަދުގެ ޙަޤީޤަތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތައް ބޮޑުވެ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ މިދަނޑިވަޅުގައި މޫކޭ ވިދާޅުވީ، ރައީސް ޞާލިޙު ފަހަތަށް ނުޖެއްސި، ހަސަދަވެރި ހިތްތައް ފަޅައިގެން ހިނގައްޖެ ކަމަށެވެ. އަދި ރާއްޖޭގައި ދެން ރަސްކަމަށް ޖާގަ ނުލިބޭނެ ކަމަށާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް ޞާލިޙް ކަމީ މިއަދުގެ ޙަޤީޤަތް ކަމަށް މޫކޭ ވިދާޅުވިއެވެ.

"އެމް.ޑީ.ޕީ ގެ އެންމެ "އިސް ލީޑަރު" ކިޔަން ބޭނުން ނުވިޔަސް އެއީ މިއަދުގެ ޙަޤީޤަތް. ބަލިކުރަން ރާވާ ކޮންމެ ރޭވުމަކުން މޮޅުވަނީ މަޑުމައިތިރި ކަމާއި ކެތްތެރިކަމާއެކު. ރަސްކަމަށް ރާއްޖެ ދެނެއް ނުގެންދެވޭނެ." މޫކޭ ވިދާޅުވެފައިވެއެވެ.

ދާދި ފަހުން ކްލަބްހައުސްގައި އެމްޑީޕީގެ މެންބަރުންނާ މުޚާތަބު ކުރަށްވައި ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވީ، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގައި މިވަގުތު ތިއްބެވީ ރައީސް ނަޝީދަށް ތާޢީދު ކުރާ 16 ވަރަކަށް މެންބަރުން ކަމަށާއި، ޕީޖީގެ ލީޑަރޝިޕްގެ ކޮންޓްރޯލްވެސް ގެއްލިފައިވާ ކަމަށެވެ. އަދި ބައެއްފަހަރު ޕީޖީ ދެ ލީޑަރުން ތިއްބަވާ ކަމުގެ އިޙުސާސް ކުރެއްވޭ ކަމަށް ޙަލީމް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ ޕާޓީ ދެބައިވެފައިވާކަން އެންމެ ބޮޑަށް ޔަގީންވެގެން ދިޔަ އެއް ހާދިސާއަކީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން، މަޖިލީހަށް ހުށައެޅި ނަފުރަތު އުފެއްދުމުގެ ކުށްތައް ކަނޑައަޅާ ބިލް ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޕާޓީގެ ދެފެކްޝަންގެ މެންބަރުންގެ މެދުގައި ހިނގާދިޔަ ހޫނު ބަހުގެ ހަމަލާތަކެވެ. އެ ބަހުސްގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރައީސް ޞާލިޙްގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން