ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. މޭގަ ޙަސަން ނާޝިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ޙަސަން ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޙަސަން ނާޝިދަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޙަސަން ނާޝިދު ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އެޓޭޗް ކޮންސިއުލަރ އެފެއާޒްގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

ޙަސަން ނާޝިދަކީ ސްކޮޓްލޭންޑްގެ އެޑިންބަރގްގެ މޮރޭ ހައުސް ކޮލެޖް އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖް ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޙަސަން ނާޝިދު މިހާރު ދަނީ ޔުނިވަރސިޓީ އޮފް ކޭޕް ޓައުންއިން ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމް ކިޔަވާވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


14

ބެއްޔާފުވައްކާ

16-Jul-2021

އިނިގިރޭސި ކިޔަވައިދޭން އެމް.އެން.ޔޫ.އަށް ދާން މާރަނގަޅުވާނެ. ގަހާ ސައީދަށް ދިން ވަޒީފާއެއްމީ. އޭނާ މިވެރިކަން ގެންނަށް ގޭދޮށުކުދިންގޮވައިގެން ވަރަށް މަސައްކަތްކުރި. ދެދުވަހު އޮފީހަށް ނުކުތަސް ރަނގަޅު.



ޓްރެންޑިން