އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ފަޅާލައި، ވައްކަންކުރަން މިއަދު މަސައްކަތް ކުރި ނަމަވެސް އެތަނުން އެއްވެސް ލިޔެކިޔުމެއް އަދި، ފައިސާއެއްވެސް ގެއްލިފައިނެތްކަމަށް އެބޭންކުން މިއަދު ބުނެފިއެވެ.
އެސްޑީއެފްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، އެކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަގަށް ވަތް ފަރާތްތަކުން ގެއްލުންދީފައިވަނީ އެ އޮފީހުގެ ބައެއް ހަރު މުދަލަށް ކަމަށެވެ. ނަމަވެސް އެއްވެސް ލިޔެކިޔުމެއް އަދި ފައިސާއެއްވެސް ގެއްލިފައި ނެތްކަމަށާއި، ރައްޔިތުން ހުށައަޅާފައިވާ ލޯނު އެޕްލިކޭޝަންތައްވެސް ރަނގަޅަށް ރައްކާތެރިކަމާއެކު އެބަހުރި ކަމަށް އެ ބޭންކުން ވަނީ ޔަގީންކޮށްދީފައެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ބޭންކެކެވެ.
ފުލުހުން ބުނީ އެސްޑީއެފްސީ ފަޅާލައި، އެތަނުން ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:00 ޖަހަނިކޮށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެސްޑީއެފްސީން ބުނީ އެމައްސަލަ މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

Press release on breaking and entering the SME Development Finance Corporation head office at M. Kaneeru villa 2nd floor on the morning of 14th July 2021, Wednesday. pic.twitter.com/cfFt72LVCM
— SME Development Finance Corporation (@SDFC_mv) July 14, 2021
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ބޭންކެކެވެ.
ފުލުހުން ބުނީ އެސްޑީއެފްސީ ފަޅާލައި، އެތަނުން ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:00 ޖަހަނިކޮށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެސްޑީއެފްސީން ބުނީ އެމައްސަލަ މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

COL
RSA
BIH
ކިޔުންތެރިންގެ ހިޔާލު